މިނިސްޓަރ ފައިސަލް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ރިސޯޓު މުވައްޒަފުންނަށް ވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވަޢުދު، މި ދައުރު ނިމުމުގެ ކުރިން ފުއްދަވާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ފައިޞަލް ފާހަގަކުރެއްވި ގޮތުގައި، ރިސޯޓު މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދަކީ ބޯހިޔާވަހިކަމުގެ ވަޢުދެވެ. އަދި މި ދައުރު ނިމުމުގެ ކުރިން އެ ވަޢުދު ފުއްދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އެކަމުގެ މަސައްކަތްތައް ކުރިއަށްދާކަމާއި، ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށްވެސް އެކަން ބައްލަވަމުން ގެންދަވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ރިސޯޓު މުވައްޒަފުންނަށް އަޅުގަނޑު ޔަޤީންކަން އަރުވަން ބޭނުންވަނީ، ތިޔަ ބޭފުޅުންނަށް ރައީސް ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދަކީ ބޯހިޔާވަހިކަމުގެ ވަޢުދުކަމަށެވެ. އެމަނިކުފާނު އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރައްވަމުން ގެންދަވައެވެ. އިރާދަކުރެއްވިއްޔާ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ދައުރު ނިމޭއިރު، ރިސޯޓުތަކުގެ މުވައްޒަފުންނަށާއި މަސައްކަތްތެރިންނަށް ބޯހިޔާވަހިކަމުގެ ދާއިރާއިން ވެވަޑައިގެންނެވި ވަޢުދު ފުއްދަވާނެއެވެ. އަޅުގަނޑުވެސް އެކަން ވަރަށް ގާތުން ބަލައި، މޮނިޓަރކުރަމުން ގެންދަމެވެ. އަދި އެކަމުގެ މަސައްކަތް ކުރިއަށްދާކަން ކަށަވަރުވެއެވެ." ވަޒީރު ފައިޞަލް ވިދާޅުވިއެވެ.
ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެފައިވަނީ، ފަތުރުވެރިކަމުގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ ގިނަ ފަރާތްތަކެއް ތިބި ނަމަވެސް، މިހާތަނަށް އެ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށެވެ. އަދި ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރިސޯޓު މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ، މިހާރު ކުރިއަށްގެންދެވޭ ހައުސިންގ މަޝްރޫޢުގެ ތެރެއިން ކަމުގައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް