ކުރިއަށް އޮތް 2 ދުވަސް ވެސް ރާއްޖެއަށް މޫސުން ގޯސް

ހޮނިހިރު ދުވަހުން ފެށިގެން ވާރޭވެހުން މަޑުޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައިވެސް ދިވެހިރާއްޖޭގެ މޫސުން ގޯސްކޮށް ދެމިހުންނާނެއެވެ.

މި އިދާރާގެ މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް، ޕީއެސްއެމް ނިއުސްއަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ މޫސުން ގޯސްކޮށް ހުރުމަށްފަހު، ހޮނިހިރު ދުވަހުން ފެށިގެން ވާރޭވެހުން މަޑުޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

"ވާރޭވެހުން މުޅިން ހުއްޓިދާނެ ކަމަކަށް ނުބެލެވޭ ނަމަވެސް، ފެންބޮޑުވާ މިންވަރަށް ވާރޭވެހުން މަދުވާނެ ކަމަށް ލަފާކުރެވޭ," ހާފިޒް ވިދާޅުވިއެވެ.

އިތުރަށް ހާފިޒް ވިދާޅުވި ގޮތުގައި، މިހާރު ވާރޭވެހޭ މިންވަރު މަދުވެފައިވީ ނަމަވެސް، ރަށްތަކަށް ވައިޖެހޭ މިންވަރު އިތުރުވެފައިވެއެވެ. އަދި ހޯމަ ދުވަހުގެ ފަހުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގެ ބާރު މަޑުޖެހޭނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް މިހާރު ޖަހަމުންދާ ގަދަ ވައި އާދީއްތަ ދުވަހުގެ ފަހުން މަޑުޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

ވައިޖެހޭނެ މިންވަރާ ގުޅޭގޮތުން ހާފިޒް ވިދާޅުވި ގޮތުގައި، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 18 މޭލާއި 28 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިރޭ 8:00 އާ ހަމައަށް ހއ. އަތޮޅުން ތ. އަތޮޅާ ހަމައަށް ރީނދޫ ސަމާލުކަމުގެ ނިޝާން ނެރެފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވައިގަވާނެތީ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

55 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy