ތައިލެންޑުގެ ބޮޑުވަޒީރުކަމަށް ކުރީގެ ބޮޑުވަޒީރުގެ ޒުވާން ދަރިކަނބަލުން

ތައިލެންޑުގެ ބޮޑުވަޒީރުކަމަށް މިއަދު އިންތިހާބުކުރި ޕައޭޓޮންޓާން ޝިނަވަޓްރާ: އޭނާ އަކީ ތައިލެންޑުގެ އެންމެ ޒުވާން ބޮޑުވަޒީރު. -- ފޮޓޯ: އޭއެފްޕީ

ތައިލެންޑުގެ ޕާލިމަންޓުން މިއަދު އެ ޤައުމުގެ އައު ބޮޑުވަޒީރުގެ ގޮތުގައި އިންތިޚާބުކޮށްފައިވަނީ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ދަރިކަނބަލުން، ޕައޭޓޮންޓާން ޝިނަވަޓްރާއެވެ.

އުމުރުން 37 އަހަރުގެ ބިލިއަނަރު ތަކްސިންގެ ދަރިކަނބަލުން ޕައޭޓޮންޓާންއަކީ ތައިލެންޑުގެ ތާރީޚުގައި އެންމެ ޒުވާން ބޮޑުވަޒީރެވެ. އަދި އޭނާއަކީ އެ ޤައުމުގެ ދެވަނަ އަންހެން ބޮޑުވަޒީރެވެ. ފުރަތަމަ އަންހެން ބޮޑުވަޒީރަކީ ޕައޭޓޮންޓާންގެ ބޮޑުދައިތަ، ޔިންގްލަކް ޝިނަވަޓްރާއެވެ.

ޕައޭޓޮންޓާން ބޮޑުވަޒީރުކަމަށް އިންތިޚާބުކޮށްފައިވަނީ ތައިލެންޑުގެ ސިޔާސީ މަޝްރަޙު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ. އެއީ ޝަރުޢީ ކޯޓުތަކުން ނެރުނު ދެ ޙުކުމަކާ ގުޅިގެންނެވެ. އޭނާ ބޮޑުވަޒީރުކަމަށް އިންތިޚާބުކުރެވުނީ މީގެ ދެ ދުވަސް ކުރިން ދުސްތޫރީ ކޯޓުން ނެރުނު ޙުކުމެއްގައި ކުރީގެ ބޮޑުވަޒީރު ސްރެތާ ތަވިސިން މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.

ޕައޭޓޮންޓާންއަކީވެސް، ބޮޑުވަޒީރުގެ ސުލޫކީ މިންގަނޑުތަކާއި ގަވާއިދާ ޚިލާފުވި ކަމަށް ކަނޑައަޅައި މަޤާމުން ވަކިކުރެވުނު ސްރެތާގެ ޕީއު ތައި ޕާޓީގެ މެންބަރެކެވެ. މިއީ މިދިޔަ އަހަރުގެ އާންމު އިންތިޚާބުގައި ދެވަނައަށް ދިޔަ ޕާޓީއެވެ. މި ޕާޓީއަށް ޕާލިމަންޓުގެ އަޣުލަބިއްޔަތު ލިބިފައިވަނީ އެހެން ޕާޓީތަކަކާ އެކު އުފައްދާފައިވާ ކޯލިޝަނަކުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ވަން މުހައްމަދު ނޫރު މާތާ ވިދާޅުވި ގޮތުގައި ޕައޭޓޮންޓާން ބޮޑުވަޒީރުކަމަށް އިންތިޚާބުކުރުމަށް ޕާލިމަންޓުގެ 745 މެންބަރުންގެ ތެރެއިން 319 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

ޕައޭޓޮންޓާން ވިދާޅުވީ މިއީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނުހަނު ބޮޑު ޝަރަފަކާއި އުފަލެއް ކަމުގައެވެ.

"ރައްޔިތުންގެ އިތުބާރު ހޯދުމަށް އަޅުގަނޑަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް. އަދި ހަމައެހެންމެ، ތައިލެންޑުގެ އެންމެހައި ރައްޔިތުން ބާރުވެރިކުރުވައި، ފުދުންތެރި ބަޔަކަށް ހެދުމުގެ އުންމީދު ވެސް އެބައޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.

އުމުރުފުޅުން 62 އަހަރުގެ ސްރެތާގެ ވެރިކަމަށް އަހަރެއްވެސް ނުވަނީސް، އެމަނިކުފާނު މަޤާމުން ވަކިކުރެވުނެވެ. މިއީ ފާއިތުވި 16 އަހަރުގެ ތެރޭގައި ދުސްތޫރީ ކޯޓުން މަޤާމުން ދުރުކުރެވުނު ތިންވަނަ ބޮޑުވަޒީރެވެ. އެމަނިކުފާނުގެ މަޤާމު ގެއްލިފައިވާ ކަމަށް ހުކުމްކުރެވުނީ، ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރެވިފައިވާ ޤާނޫނީ ވަކީލެއް ކެބިނެޓުގައި ހިމެނުމުގެ މައްސަލައިގައެވެ.

ތައިލެންޑުގެ ސިޔާސީ މައްސަލަތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެ ޤައުމުގެ އިޤްތިޞާދީ ގޮންޖެހުންތައްވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިހެންކަމުން، އައު ބޮޑުވަޒީރަށް ކުރިމަތިވާނެ ގޮންޖެހުންތައް ވަރަށް ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

20 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy