މާލެ ސިޓީ ކައުންސިލްގެ އެސްޖީ މަގާމުން ވަކިކޮށްފި

އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެސްޖީ ވަކި ކުރުމަށް ބައިވި ކައުންސިލް މެމްބަރުން އަތް ނަގައިގެން..-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމުގައި ހުންނެވި ވަޖީހު ނަސީރު އެ މަގާމުން ވަކިކޮށްފި އެވެ.


ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 158 ވަނަ ޖަލްސާ އިއްޔެ ބޭއްވުނެވެ. މި ޖަލްސާގައި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް އެޖެންޑާކުރެއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝެވެ.

މި ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި، އެސްޖީ މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވަނީ ޤާނޫނީ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެއެވެ. އާޒިމް އިތުރަށް ވިދާޅުވީ، އެސްޖީއަކީ ޤާބިލު ބޭފުޅެއް ނަމަވެސް، މަސައްކަތް ލަސްވާ ކަމަށެވެ.

މޭޔަރު އާޒިމް ވިދާޅުވި ގޮތުގައި، "އަޅުގަނޑު ދެކޭ ގޮތުގައި އެސްޖީގެ މަސައްކަތުގައި ލަސްވުންތަކެއް އެބަހުރި. އެހެންނަމަވެސް، މިއީ ހަމައެކަނި އެސްޖީގެ މައްސަލަތަކެއް ނޫނެވެ. މި އިދާރާގެ ސިވިލް ސަރވިސް ނިޒާމުގެ ތެރޭގައިވެސް މައްސަލަތަކެއް އެބަހުއްޓެވެ." އަދި މޭޔަރު އިތުރަށް ވިދާޅުވީ، އެސްޖީގެ މަސައްކަތް ލަސްވާ ކަމުގެ ވާހަކަ ދެކެވޭތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ ކަމަށާއި، އެކަމާ ކަންބޮޑުވުން ފާޅުކުރުމަށްފަހު މަސައްކަތްތައް އަވަސްވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންނަމަވެސް، ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވީ، ކައުންސިލަށް އާންމު ރައްޔިތުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުލިބި ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސްވާ ކަމަށެވެ. މިއީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޖީ ވަކިކުރުމަށް ވޯޓަށް އެހުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިނުވާތީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސައިފް ފާތިޙު ވަނީ އެ ފުރުޞަތު ދޭންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މީހަކާމެދު ކިތަންމެ ހިތްހަމަނުޖެހުނު ކަމުގައިވިޔަސް، އެފަރާތަކަށް ދޭންޖެހޭ އަސާސީ ފުރުސަތުތަކެއް ހުންނާނެއެވެ. އެހެންކަމުން، އަޅުގަނޑު މި އެދެނީ ލިޔުމުން މި މަޖިލީހަށް ޖަވާބެއް ފޮނުވުމުގެ ފުރުސަތު އެފަރާތަށް ދެއްވުމަށެވެ،" އޭނާ ވިދާޅުވިއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް/ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ (ޕީޕީއެމް/ޕީއެންސީ) އަޣުލަބިއްޔަތު އޮންނަ ކައުންސިލުން، ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ވަކިކުރުމަށް ފާސްކުރިއިރު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެންބަރު ސައިފްގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އާއިޝަތު ނާޒިމާ ވަކި ގޮތަކަށް ވޯޓު ނުދެއްވިއެވެ. ނާޒިމާ ކައުންސިލަށް އިންތިޚާބުވެފައިވަނީ ޕީޕީއެމްގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ކޮމެންޓް

team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

5 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

8 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

9 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

10 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

21 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

23 ގަޑިއިރު ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
team

ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy