މޯލްޑިވިއަނުން އިތުރު 3 އޭޓީއާރު ބޯޓު ގެންނަނީ

މޯލްޑިވިއަން ގެ 4 ވަނަ އޭޓީއާރު ބޯޓު ރާއްޖެއަށް ގެނައުން ފާހަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ވައިގެ އުޅަނދުފަހަރުގެ ފްލީޓު ޒަމާނީކުރުމުގެ މަސައްކަތުގެ ތެރެއިން، އޭޓީއާރު ބްރޭންޑުގެ އިތުރު 3 މަތިންދާބޯޓު ހޯދުމަށް ނިންމާފައިވެއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ އޭޓީއާރު 42-600 މޮޑެލްގެ 3 މަތިންދާބޯޓު 15 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިކަން ފާޅުކޮށް، އިޢުލާނެއް ކޮށްފައެވެ. މި ބޯޓުތައް ފޯރުކޮށްދިނުމަށް ވަނީ ވަކި ތާވަލެއް ކަނޑައަޅާފައެވެ. އެގޮތުން:

1. ފުރަތަމަ ބޯޓު: 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު
2. ދެވަނަ ބޯޓު: 2024 ވަނަ އަހަރުގެ އޮގަސްޓު މަހު
3. ތިންވަނަ ބޯޓު: 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހު

މި ބޯޓުތައް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 29 ވަނަ ދުވަހެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި އަހަރުގެ މެއި މަހުގައިވެސް މޯލްޑިވިއަންގެ ފްލީޓަށް އިތުރު އޭޓީއާރު ބޯޓެއް އިތުރުކުރެވިފައިވާކަމެވެ. މި ބޯޓު ރާއްޖެއަށް ގެނައުން ފާހަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި، އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވަނީ އޭޓީއާރު މާކާގެ ބޯޓުތަކާއެކު ކުންފުނީގެ އޮޕަރޭޝަންތަކަށް އަންނަމުންދާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އަދި މިހާރުވެސް އިތުރު 3 އޭޓީއާރު މަތިންދާބޯޓަށް އޯޑަރު ދެވިފައިވާކަމަށާއި، އޭގެ ތެރެއިން 2 ބޯޓު 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ނުވަތަ 2024 ވަނަ އަހަރުގެ ކުރީކޮޅު ލިބޭނެ ކަމަށާއި، ތިންވަނަ ބޯޓު 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބޭނެ ކަމަށް އިޔާސް ވިދާޅުވެފައިވެއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު އޮޕަރޭޓުކުރަމުންދެއެވެ. މީގެ ތެރޭގައި އެއަރބަސް 320 A މަރުކާގެ މަތިންދާބޯޓަކާއި އޭޓީއާރު މަރުކާގެ 4 މަތިންދާބޯޓާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

31 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy