10 ބައިވެރިންނާއެކު ހޮޅުދޫ ކުޅިބައި މިރޭ އަތުރާލަނީ

ހޮޅުދޫ ކުޅިބައި 2024

“މޮރޯ މޯލްޑިވްސް ހޮޅުދޫ ކުޅިބައި 2024” 10 ބައިވެރިންނާއެކު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައި އެމްއައި ކޮލެޖް ހޮޅުދޫ ކެމްޕަސްގައެވެ.

IMG_0807.jpeg

ހޮޅުދޫގެ 10 ވަރަކަށް ބޭފުޅުން ހިމެނޭ ޓީމަކުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަށް ކުޅުންތެރިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާއިރު، މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ މާލެ އަތޮޅު ދިއްފުށީގައި ހިންގާ ގެސްޓް ހައުސް އެއްކަމަށްވާ މޮރޯ މޯލްޑިވްސްއެވެ.

މި މުބާރާތާ ގުޅޭގޮތުން ދެލި އޮންލައިނަށް މަޢުލޫމާތު ދެއްވަމުން މުބާރާތް އިންތިޒާމު ކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެލައްވާ ޢަބްދުﷲ ނަބީލް ވިދާޅުވީ މިފަދަ މުބާރާތެއް ހޮޅުދޫގައި ނުބޭއްވޭތާ ގާތްގަނޑަކަށް 15 ވަރަކަށް އަހަރުވެދާނެ ކަމަށާއި، ނަމަވެސް ރާޒުވާ އަކީ ހޮޅުދޫގައި ވަރަށް ފޯރީގައި ކުޅެމުން އަންނަ ކުޅިވަރެއް ކަމަށެވެ.

IMG_0802.jpeg

“އާއްމުކޮށް މި ރަށުގައި މިކަން ކުރަނީ ބަނދަރުގައި އިންނަ މައިޒާނެއްގަ. ދެން ފަހުން ފަހުން ބަނދަރު ސަރަހައްދަށް ނިކުމެ އެތަނުގައިވެސް ޗެސް ކުޅޭ. ރޭގަނޑުވެސް ދުވާލުގެ ބައެއް ވަގުތު ތަކުގައިވެސް. ވަރަށް ގިނަ މީހުން އެއްވެގެން ވަރަށް ފޯރީގައި ކުރާ ކަމެއް މީ މި ރަށުގައި. އެހެންކަމުން އަޅުގަނޑުމެން ވިސްނީ އެ ފަރާތްތަކަށް ރަނގަޅު މުބާރާތެއް ބާއްވާލަދޭން. އެ ފުރުޞަތު އެ ފަރާތްތަކަށް ފަހިކޮށްދޭން - ނަބީލް ވިދާޅުވިއެވެ.

މި މުބާރާތުގެ އެއްވަނަ އަށް ހޮވޭ ފަރާތަކަށް ވަރަށް ރަނގަޅު އިނާމުތަކެއް ހުށަހެޅިފައިވާކަމަށްވެސް ނަބީލް ފާހަގަ ކުރެއްވިއެވެ. އެގޮތުން 2000 ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން، ދިއްފުށީގައި ހުންނަ މޮރޯ މޯލްޑިވްސް ގެސްޓް ހައުސްގެ ފަރާތުން ދެ ބޭފުޅުންނަށް ދެ ދުވަހުގެ ހުރުން ހަމަޖެހިފައިވާ ކަމަށާއި، މި ދެ ބޭފުޅުންގެ ދެކޮޅު ޓިކެޓުވެސް (މާލެ - ދިއްފުށީ - މާލެ) ހަމަޖެހިފައިވާކަމަށް ނަބީލް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން،މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތް ދިއްފުއްޓަށް ދިއުމަށް، ހޮޅުދޫން މާލެއަށް ދާން ބޭނުންވާ ޓިކެޓުވެސް ހަމަޖެހިފައިވާކަމަށް ނަބީލް ފާހަގަ ކުރެއްވިއެވެ.

IMG_0808.jpeg

ހަމައެހެންމެ، އެއްވަނަ އަށް ހޮވޭ ފަރާތަށް ޚާއްޞަ ޓްރޮފީއެއްވެސް ހަސަނިކޯ އާރޓްވެސް ފަރާތުން ދެއްވާނެ ކަމަށްވެސް ނަބީލް ފާހަގަ ކުރެއްވިއެވެ.

4 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވާ 10 ބައިވެރިންވެސް މިރޭ ކުޅޭނެއެވެ. މެޗްތައް ބަލާލުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށްވެސް ނަބީލް ވިދާޅުވިއެވެ.

IMG_0809.jpeg

މި މުބާރާތް ކުރިއަށް ގެންދަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކުއެވެ. މީޑިޔާ ޕާޓްނަރަނީ ދެލި އޮންލައިންއެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy