ޕާކިސްތާނުން އެމްޕޮކްސް ޖެހިފައިވާ ބަޔަކު ފެނިއްޖެ

މި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ ކޮންގޯގައެވެ.

ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ޖެހިފައިވާ ފަރާތްތަކެއް ޕާކިސްތާނުން ފާހަގަކުރެވިއްޖެއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ އެ ޤައުމުގެ އުތުރުގައި ހިމެނޭ ޚައިބަރް ޕަޚްތުންޚާ ސަރަޙައްދުގެ ޞިއްޙީ އިދާރާއިންނެވެ. އެ އިދާރާއިން ހާމަކުރި ގޮތުގައި، އެމްޕޮކްސް ޖެހިފައިވަނީ އެކުވެރި ޢަރަބި އިމާރާތުން (ޔޫއޭއީ) އެނބުރި އައި ޕާކިސްތާނުގެ ރައްޔިތުންނަށެވެ.

އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި އަވަސް ދުވެއްޔެއްގައި ފެތުރެމުންދާ އެމްޕޮކްސް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ ނުރައްކާ އޮތުމާ ގުޅިގެން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ މި ބައްޔާ ގުޅޭގޮތުން ދުނިޔޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ. މީގެ އިތުރުން، އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ވެސް ވަނީ އެފްރިކާ ބައްރުގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.

ޔޫއޭއީން އެނބުރި ޕާކިސްތާނަށް ދިޔަ ބައެއް ފަރާތްތަކުގެ ކިބައިން އެމްޕޮކްސް ވައިރަހުގެ އަލާމާތްތައް ފެނިފައިވީ ނަމަވެސް، މިއީ އެ ޤައުމުން މި ބަލި ޖެހިފައިވާ މީހަކު ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. ޚައިބަރް ޕަޚްތުންޚާގެ ޞިއްޙީ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ބަލި ޖެހިފައިވާ މީހުންގެ ކިބައިން ފެނިފައިވަނީ ބަލީގެ ކޮން ވޭރިއެންޓެއްކަން ދެނެގަތުމަށްޓަކައި މިހާރު ދަނީ ތަޙްލީލުތައް ކުރެވެމުންނެވެ.

ޚައިބަރް ޕަޚްތުންޚާގެ ޞިއްޙީ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ސާލިމް ޚާން ވިދާޅުވެފައިވަނީ، ޔޫއޭއީން އެނބުރި އެ ޤައުމަށް ދިޔަ ދެ މީހަކަށް ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި، ތިންވަނަ މީހަކަށް ބަލި ޖެހިފައިވޭތޯ ބެލުމަށް ސާމްޕަލް ނަގައި ތަހުލީލު ކުރަމުންދާ ކަމަށާއި، މި ތިން މީހުން މިހާރު ތިބީ ކަރަންޓީނުގައި ކަމަށެވެ. ޕާކިސްތާނުގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އެއް މީހެއްގެ ހަށިގަނޑުން އެމްޕޮކްސް ބަލީގެ ވައިރަސް ފެނިފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ.

އެފްރިކާ ބައްރުގެ ގިނަ ޤައުމުތަކެއްގައި އަވަސް ދުވެއްޔެއްގައި ފެތުރެމުންދާ އެމްޕޮކްސްގެ ސްޓްރެއިންގެ ސަބަބުން ބަލި ޖެހިފައިވާ މީހަކު ސްވިޑެނުން ވެސް ފެނިފައިވެއެވެ. މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ނުރައްކާތެރި ބަލި އަވަސް ދުވެއްޔެއްގައި ފެތުރެމުންދާކަމުގެ ހެއްކެއް ކަމުގައި ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ.

މި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ ކޮންގޯގައެވެ. 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އެ ޤައުމުގައި ބަލި ފެތުރެން ފެށި ފަހުން 27,000 މީހަކަށް ބަލި ޖެހިފައިވާއިރު، އޭގެ ތެރެއިން 1,100 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. މިއީ، އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ޢާންމުކޮށް ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް، ކޮންގޯގައި މި ވަގުތު ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ 15 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

އެމްޕޮކްސް ބަލި ސައިންސްވެރިންނަށް ފުރަތަމަ ދެނެގަނެވުނީ 1958 ވަނަ އަހަރުގައެވެ. މި ބަލި އެންމެ ފުރަތަމަ ފާހަގަކުރެވުނީ ކޮންގޯގައެވެ. އެމްޕޮކްސްއަކީ ރާމާމަކުނުގެ ސަބަބުން އިންސާނުންނަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލި އާންމުކޮށް ފެތުރެމުން ދަނީ އެފްރިކާ ބައްރުގެ މެދުތެރެއާއި ހުޅަނގު ސަރަޙައްދުގެ ޤައުމުތަކުގައެވެ.

2022 ވަނަ އަހަރު، އެމްޕޮކްސް ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަވަސް ދުވެއްޔެއްގައި ފެތުރެން ފެށިއެވެ. މި ބަލި ޖެހިފައިވާ މީހުން 70 އަށްވުރެ ގިނަ ޤައުމުތަކުން ފާހަގަކުރެވުނެވެ. އެމްޕޮކްސްއަކީ ސްމޯލްޕޮކްސް ނުވަތަ މަކުނުވިދުރީގެ ވައިރަހުގެ ޢާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ.

އެމްޕޮކްސް ޖެހިފައިވާ މީހުންގެ ކިބައިން ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހީކެރުވުމާއި، އަދި ހަށިގަނޑުގައި ރިއްސުން ހިމެނެއެވެ. މީގެ އިތުރުން، ބައެއް މީހުންގެ މޫނާއި، އަތާއި، މޭމަތީގެ އިތުރުން ލަދުވެތި ގުނަވަންތަކުގައި ދޮސްގަނެފައިވާ ބޮޑެތި ފޮޅުތަކެއް ފާހަގަކުރެވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

10 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy