ސްޓްރައިކަރ ދިވިން މުބާމާ
މެންޗެސްޓަރ ސިޓީން، ކުރިން ވެސްޓް ހޭމްގައި ކުޅުނު ހުނަރުވެރި ސްޓްރައިކަރ ދިވިން މުބާމާ ސޮއިކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދަމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
19 އަހަރުގެ މި ޒުވާން ކުޅުންތެރިޔާގެ ކޮންޓްރެކްޓް ވެސްޓް ހޭމާއެކު މިދިޔަ ޖޫން މަހު ހަމަވެފައިވީ ނަމަވެސް، އޭނާ ތަމްރީނުކުރުމަށް ކުރި އިންވެސްޓްމަންޓަށް ބަދަލު ދޭންޖެހޭނެ ކަމަށް ވެސްޓް ހޭމުން ބުނެފައިވެއެވެ. އެހެންނަމަވެސް، މި ބަދަލުގެ އަދަދާ މެދު އަދި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. މި އަދަދާ މެދު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ދެ ކްލަބުގެ މެދުގައި އާބިޓްރޭޝަނަކަށް ދާންޖެހޭނެއެވެ.
އިނގިރޭސި އަންޑަރ-20 ޤައުމީ ޓީމުގައި ކުޅޭ މުބާމާ ވަނީ ޔޫރަޕްގެ އެހެން ގިނަ ކްލަބުތަކުގެ ތެރެއިން މޭން ސިޓީއަށް ދިއުމަށް ނިންމާފައެވެ. އަދި އަމިއްލަ ޝަރުތުތަކާ މެދު އެއްބަސްވުމަކަށް އާދެވޭ ހިސާބަށް ވާސިލުވެފައިވާ ކަމަށް ލަފާކުރެވެއެވެ.
މުބާމާ މޭން ސިޓީއާ ގުޅުމުގެ ކުރިން މެޑިކަލް ޓެސްޓެއް ފުރިހަމަކުރަން ޖެހޭނެއެވެ. އޭގެ ފަހުން އޭނާ ފުރަތަމަ ފަށާނީ އަންޑަރ-21 ޓީމުގައި ކުޅެން ކަމަށް ވީނަމަވެސް، ފަސްޓް ޓީމުގައި ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ބެލެވެއެވެ. 10 އަހަރުގެ އުމުރުން ފެށިގެން ވެސްޓް ހޭމްގައި ކުޅެމުން އައި މުބާމާ ވަނީ އެ ކްލަބުގެ ފަސްޓް ޓީމުގައި 18 މެޗު ކުޅެ، އެއް ލަނޑު ޖަހާފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް