ބިދޭސީންގެ ފީ ގަވާއިދުން ދައްކާ ކުންފުނިތަކުގެ ލިސްޓެއް އާންމުކޮށްފި

މި ލިސްޓު އާންމުކުރެވުނީ، ކުރިން ޝާއިޢުކުރެވުނު ލިސްޓެއްގައި ހިމެނުނު ބައެއް މަޢުލޫމާތު އިޞްލާޙުކުރުމުގެ ގޮތުންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބިދޭސީންގެ ފީ ގަވާއިދުން ދައްކަމުން އަންނަ ކުންފުނިތަކުގެ ލިސްޓެއް އާންމުކޮށްފިއެވެ. މި ލިސްޓު އާންމުކުރެވުނީ، ކުރިން ޝާއިޢުކުރެވުނު ލިސްޓެއްގައި ހިމެނުނު ބައެއް މަޢުލޫމާތު އިޞްލާޙުކުރުމުގެ ގޮތުންނެވެ.

މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު، ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ އެއްލައްކަ ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުގެ ލިސްޓެއް އެ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ. އެހެންނަމަވެސް، އެ ލިސްޓުގައި ގަވާއިދުން ފީ ދައްކަމުންދާ ކުންފުނިތައްވެސް ހިމެނިފައިވާކަން ފާހަގަކުރެވުނެވެ.

ގަވާއިދުން ބިދޭސީންގެ ފީ ދައްކާ ކުންފުނިތައް

- އެލިއާ ކޮންސްޓްރަކްޝަން
- އަންގިރި ރެސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް
- ބްރެނިއާ މޯލްޑިވްސް
- ޗިކާނޯ އިންވެސްޓްމަންޓް
- އީސްޓް ކޯސްޓް އިންވެސްޓްމަންޓް
- ގޭޖް ޕްރައިވެޓް ލިމިޓެޑް
- ހެވީ ފޯސް
- ހޮރައިޒަން ފިޝަރީޒް
- އިންޓަރނޭޝަނަލް ބެވަރެޖެސް ކޮމްޕެނީ
- މަހޯގަނީ
- ޕެސްޓް އެކްސް މޯލްޑިވްސް
- ޕްރެސްޓައިން އައިލެންޑްސް އިންވެސްޓްމަންޓް (މޯލްޑިވްސް)
- ރެޑް ވޭވް
- ރެނާޓަސް ޕްރޮޖެކްޓްސް
- ސީގަލް ގްރޫޕް
- އެސްކޭ މޯލްޑިވްސް
- ދަ ހޯކްސް
- ޔުނިވަރސަލް އެންޓަޕްރައިސަސް
- ވިލާ ހަކަތަ
- ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ

އެ ލިސްޓުގައި ހިމެނޭ 20 ކުންފުންޏަކީ ގަވާއިދުން ފީ ދައްކަމުންދާ ކުންފުނިތަކެއްކަން ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވެއެވެ. މި ކުންފުނިތައް ކުރީގެ ލިސްޓުގައި ހިމެނިފައިވަނީ، އެވަގުތު ދައުލަތަށް ދައްކަންޖެހޭ ފީގެ އަދަދު އެއްލައްކަ ރުފިޔާއަށްވުރެ އިތުރުވެފައިވުމުގެ ސަބަބުންނެވެ.

ވުޒާރާއިން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި ކުންފުނިތަކަކީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅިގެން ގަވާއިދުން ދައުލަތަށް ދައްކަންޖެހޭ ފީތައް ދައްކަމުންދާ ފަރާތްތަކެވެ. އަދި މިއަދާ ހަމައަށް، އެ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭކަމަށް ކަނޑައެޅިފައިވާ އަދަދަށް ފައިސާ ދައްކާފައިވާކަންވެސް ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

47 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy