މޯލްޑިވިއަންގެ ފުލީޓް ވަރުގަދަ ކުރުމަށް ކުންފުނިން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން
ގައުމީ އެއަރލައިން މޯލްޑިވިއަންއަށް އޭޓީއާރު މަރުކާގެ ތިން މަތިންދާބޯޓު ގަނެދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން (އައިއޭއެސް) މިއަދު ވަނީ މި މަތިންދާބޯޓުތައް ފައިނޭންސް ލީސް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައެވެ. އައިއޭއެސް އިން ބުނެފައިވަނީ މި ބޯޓުތަކަކީ މުޅިން އައު އޭޓީއާރު 600-42 މަރުކާގެ މަތިންދާބޯޓުތަކެއް ކަމަށާއި، މި ބޯޓުތައް ގަންނަނީ 15 އަހަރުގެ މުއްދަތުން ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ.
މި ތިން ބޯޓު ގަތުމަށް އޭޓީއާރާއެކު އައިއޭއެސް އިން މިހާރު އެއްބަސްވުން ހަދާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. މޯލްޑިވިއަންއަށް މި ބޯޓުތައް ބޭނުންވާ ތާރީޚުތައްވެސް އިޢުލާނުގައި ހިމަނާފައިވެއެވެ. އެގޮތުން އެއް ބޯޓު މި އަހަރުގެ ޑިސެމްބަރަށް، އަނެއް ބޯޓު މި މަހުގެ ތެރޭ، އަދި އެންމެ ފަހު ބޯޓު 2026 ގެ އޮކްޓޯބަރަށް ބޭނުންވާ ކަމަށް ބުނެފައިވެއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ މަތިންދާބޯޓު ގެންގުޅޭ ފަރާތްތަކަށާއި ބޭންކުތަކަށް އަދި ބޯޓު ކުއްޔަށް ދޭ ކުންފުނިތަކަށާއި މާލީ ކުންފުނިތަކަށެވެ. މިހާރު މޯލްޑިވިއަންގެ ފްލީޓުގައި އޭޓީއާރު މަރުކާގެ ހަތަރު ބޯޓު އޮތް ކަމަށް އައިއޭއެސް އިން މަޢުލޫމާތު ދީފައިވެއެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށް ފަހު މޯލްޑިވިއަންގައި ބޭނުންކުރާ މަތިންދާ ބޯޓްތައް އިތުރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން ދުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ވައިޑް ބޮޑީ އެއާކްރާފްޓެއް ހޯދުމަށް ވެސް ވައިގެ އުޅަނދު ކުއްޔަށް ދޭ ބައިނަލްއަގުވާމީ ކުންފުނި ޓްރޫނޯޑްއާ އެކު ވެސް ދާދިފަހަކުން ވަނީ ސޮއިކޮށްފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް