ފާރުވެއްޓުމުގެ ސަބަބުން ގިނަސައިކަލުތަކަކަށް ވަނީ ގެއްލުންލިބިފައި / ފޮޓޯ:ދައުރު
މިހާރު ކުރަމުންދާ ވިއްސާރާގައި މިރޭ މާލެއަށް ވައި ގަދަވެ އައިޖީއެމް ހޮސްޕިޓަލުގެ އިމަޖެންސީ ފަޅީގައި ހުންނަ ޕާކިން ޒޯނުގައި ހުރި ފާރެއް ވެއްޓި، އެތަނުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކަކަށް ގެއްލުން ވެއްޖެއެވެ.
ދިރާގު ހެޑް އޮފީހާއި ދިމާލަށް ހުންނަ މި ފާރު ވެއްޓުނުއިރު، ފާރުގައި ހުރީ ޓިނު ފެންސެއް ވެސް ޖަހާފައެވެ. ފާރުގެ ބޮޑު ބައެއް ވެއްޓި، އެތަނުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކުގެ މައްޗަށް ވަނީ ޖެހިފައެވެ. މީގެ ސަބަބުން ސައިކަލުތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައި ނުވާއިރު، ހާދިސާގައި ސައިކަލުތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ. އަދި ހާދިސާގައި މީހަކަށް އަނިޔާވި ކަމުގެ މަޢުލޫމާތެއް ވެސް ލިބިފައެއް ނުވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި މިއަދުވެސް ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީދޫ ސަމާލު ނެރެފައެވެ. މިއަދު ވާރޭ ނުވެހުނު ނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވަރަށް ބާރަށް ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް