ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އައި ބޭސް ފިހާރަ ތަކުގެ އިންވެންޓްރީ ކައުންޓް ކުރުމުގެ މަސައްކަތް ކުރުމަށް މިއަދުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ފާމަސީތައް ބަންދު ވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނިން ހިންގަމުން އައި ފާމަސީތައް ހިންގުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލު ކުރުމަށް ޓަކައި މިއަދުން ފެށިގެން މި މަހުގެ 25 އަދި 26 ވަނަ ދުވަހު އެ ފާމަސީ ތަކުގައި ހުރި އިންވެންޓްރީ ކައުންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް އެމަޖެންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި އެ ފާމަސީތަކުގެ މަސައްކަތް ނިމުމުން އެ ތަންތަނުގެ ހިދުމަތް ދީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް، ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމުގެ ކަންކަން ކުރާނީ ސްޓޭޓް ފާމާއިން ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް