ކަރުނާޓަކާ ފިލްމު ފެސްޓިވަލްގެ ކާމިޔާބީ ފާހަގަކުރަން ހާއްސަ ހަފުލާއެއް

ދިވެހި ފިލްމު "ކަމަނަ"ގެ އެންމެ މޮޅު ލީޑް އެކްޓަރުގެ އެވޯޑު ޔޫއްޕެއަށް ދެނީ --

ފަސް ވަނަ ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްއިން އެވޯޑު ހާސިލްކޮށްފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހާއްސަ އެވޯޑު ހަފުލާއެއް ބާއްވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ހަފުލާއަކީ ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު އެވޯޑްސްއިން އެވޯޑު ހާސިލްކޮށްފައިވާ ފަރާތްތަކަށް އެ އެވޯޑުތައް ހަވާލުކުރުމަށް ބޭއްވި ހަފުލާއެކެވެ.

މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)އިން އިސްނަގައިގެން އެ ހަފުލާ ބާއްވައިފައިވަނީ އިންޑިއަން ކަލްޗަރަލް ސެންޓަރުގަ އެވެ.

އެ ހަފުލާގައި ދެ ވަނަ އެކްޓިން ވޯކްޝޮޕް އިއުލާނުކޮށް، ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު އެވޯޑްސްއިން އެވޯޑު ހާސިލްކޮށްފައިވާ ފަރާތްތަކަށް އެ އެވޯޑުތައް ހަވާލުކޮށްފައިވެ އެވެ.

ފަސް ވަނަ ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ރާއްޖޭގެ ދެ ފިލުމަކަށް އެވޯޑު ލިބިފައިވެ އެވެ.

އެގޮތުން ކިޑް ޕްރޮޑަކްޝަންއާ ސެޓާން ސްޓޫޑިއޯއިން އުފެއްދި ފިލްމު "ކަމަނަ"އަށް ވަނީ ތިން ކެޓަގަރީއަކުން އެވޯޑު ލިބިފަ އެވެ.

މީގެ އިތުރުން މުހައްމަދު އަލީ އަދި އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކޮށްފައިވާ ޑާކްރެއިން އެންޓަޓެއިންމެންޓްގެ "ނޮވެމްބަރު" ފިލުމަށް ވެސް ވަނީ އެވޯޑު ލިބިފަ އެވެ. އެ ފިލްމަށް ލިބިފައިވަނީ އެންމެ މޮޅު ސިނަމޮޓޯގްރަފީ އެވޯޑެވެ. އެ އެވޯޑަކީ ޖޮއިންޓު އެވޯޑެކެވެ.

މި ފެސްޓިވަލްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ހާސިލުކުރީ "ކަމަނަ" ގެ ޑައިރެކްޓަރު ހުސެން މުނައްވަރެވެ. މީގެ އިތުރުން، އެ ފިލްމުގެ ބަތަލާ މަރިޔަމް އައްޒަ އަށް އެންމެ މޮޅު ލީޑް އެކްޓްރެސްގެ އެވޯޑު ލިބިފައިވާއިރު، އެންމެ މޮޅު ލީޑް އެކްޓަރުގެ އެވޯޑު ހާސިލުކުރީ ފިލްމުގެ ބަތަލު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

އިންޑިއާގެ ނަވާ ކަރުނާޓަކާ ފިލްމު އެކަޑަމީން އިންތިޒާމުކުރާ މި ފެސްޓިވަލަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ފިލްމުތަކާއި ޑޮކިއުމެންޓްރީތަކަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ ބައިނަލްއަގުވާމީ ހަރަކާތެކެވެ.

ކޮމެންޓް

team

އައްޑޫ އެއާޕޯޓުގެ ބޯޑަށް ޝެރީނާ ކަނޑައަޅައިފި

12 ގަޑިއިރު ކުރިން
team

އެމްއޭސީއެލްގެ ބޯޑު މެންބަރަކަށް ނާސިފް

13 ގަޑިއިރު ކުރިން
team

ދާއިމީ އިމާމުންގެ ދަތިކަމަށް ސަރުކާރުން އަވަސް ހައްލެއް ހޯދަނީ

13 ގަޑިއިރު ކުރިން
team

ބީއެމްއެލުން ނުކުޅެދޭ ފަރާތްތަކަށް އިތުރު 30 ވީލް ޗެއާ ފޯރުކޮށްދީފި

14 ގަޑިއިރު ކުރިން
team

"ދެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ"

14 ގަޑިއިރު ކުރިން
team

މެރިޓައިމް ސެކިއުރިޓީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެމެރިކާއިން ފާޅުކޮށްފި

15 ގަޑިއިރު ކުރިން
team

ފެލިވަރުގައި ހަދާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް މިއަހަރު އޮޕަރޭޝަން ގެންނަނީ

16 ގަޑިއިރު ކުރިން
team

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޝަކީލް އައްޔަންކޮށްފި

17 ގަޑިއިރު ކުރިން
team

ޑާކް ރެއިންގެ އައު ފިލްމު "ޕްރޮޖެކްޓް 43" ގެ ޝޫޓިން ފަށައިފި

19 ގަޑިއިރު ކުރިން
team

އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާގެ 79 މަޝްރޫޢުއެއް ކުރިއަށް!

19 ގަޑިއިރު ކުރިން
team

މާލިއްޔަތުގެ ޤާނޫނަށް އޭސީސީ މުވައްޒަފުން އަހުލުވެރިކުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

19 ގަޑިއިރު ކުރިން
team

ފުލުހުންގެ ބެލުމުގެދަށުގައި ހުރި 467 ފުޅި ބަނގުރާ ނައްތާލައިފި

19 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy