ޗައިނާގެ ރައީސް ޝީ ޖިންޕިން (ކ) އާއި ރައީސް ޑރ. މުއިއްޒު (ވ) ސަލާމް ކުރައްވަނީ: ފޮޓޯ/ ރައީސް އޮފީސް
ޗައިނާގެ ރައީސް، ޝީ ޖިންޕިން ގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގަންނަވައިފި އެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ބައިވެރިވެވަޑައިގެން، އެހެން ގައުމު ތަކުގެ ހެޑް އޮފް ސްޓޭޓުންނާއި މަންދޫބުންނާއެކު އެސްސީއޯ ޕްލަސްގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
ރައީސް ޑރ. މުއިއްޒުގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޗައިނާގެ ރައީސް، ޝީ އާ ވެސް ބައްދަލު ކުރައްވާފަ އެވެ.
މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ދެ ފަރާތުން ހިއްސާ ކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށް ވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
މިސަމިޓުގެ ހަވާސާގައި ކުރިއަށް ގެންދިޔަ ބައިލެޓެރަލް ބައްދަލުވުންތަކުގައި ރައީސް ޑރ. މުއިއްޒު ވަނީ އެހެން ގައުމުތަކުގެ ވެރިންނާއި ބައްދަލު ކުރައްވައި، ހާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާއި، ގުޅިގެން މަސައްކަތް ކުރެވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާ ކުރައްވާފަ އެވެ.
މިދަތުރުފުޅުގައި، ގައުމީ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމުގެ ގޮތުން، ރާއްޖެއާއި ޗައިނާއާ ދެމެދު އެކިދާއިރާތަކުން އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުންތަކެއްގައި ވަނީ ސޮއި ކުރައްވާފަ އެވެ.
މީގެ އިތުރުން ދެ ވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.
މިއީ، ރައީސް ޑރ. މުއިއްޒު މަގާމާއި ހަވާލުވެވަޑައިގެންނެވިފަހުން، ޗައިނާއަށް ކުރެއްވި ދެ ވަނަ ރަސްމީ ދަތުރުފުޅެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދިޔަ މުހިންމު ދަތުރުފުޅެކެވެ.
ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި
މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ
ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި
ޑުރަގާއެކު ހައްޔަރުކުރި ފުލުސް އަންހެނާ ވަޒީފާއިން ވަކި ކުރަނީ
އުނގޫފާރު ހޮސްޕިޓަލްގައި އެމްސީޖީއެޗުގެ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް
މީޑިއާ ބިލުން އެއްވެސް ނޫސްވެރިއެއްގެ އަޑު ކަނޑުވައެއް ނުލާނެ: ސިނާން
ތައުލީމު ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިއުމަތެއް: މެޑަމް ސާޖިދާ
މާދަމާ ރޭ ހަނދުކޭތަ ހިފާތީ، ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރަން އަންގައިފި
ޑަބްލިޔުޑީސީގެ ބަޖެޓު ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުއިއްޒު ނިންމަވައިފި
ކޮމެންޓް