މަހާރެހެންދި ސާޖިދާ މުހައްމަދު -- ފޮޓޯ/ ރައީސް އޮފީސް
ތައުލީމު ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިއުމަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް އިސްކޫލުގެ ސާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ އުނގެނުމުގެ ދަތުރަކީ ނިމޭނެ ދަތުރެއް ނޫން ކަމަށާއި، ދުރަށް ދިޔަ ވަރަކަށް އެ ދަތުރުގެ ނިމުމެއް ނެތްކަން ފެންނާނެ ކަމަށެވެ.
އެގޮތުން ދިވެހި ގައުމަށް ފާރަވެރިވެ، އަހުލާގު ރަނގަޅު، މަސައްކަތްތެރި، ހީވާގި، އަދި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމް ދިވެއްސަކަށް ވުމަށް އެކަމަނާ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
ދިރިއުޅުމުގައި ގަދަރާއި އިއްޒަތްލިބި، މަތިވެރި އަހުލާގާއި ހެޔޮ ވިސްނުންތެރިކަމާއިއެކު ލިބިފައިވާ އިލްމު ވެގެންދާނީ އިންސާނިއްޔަތަށް އޮތް ހިޔާވައްސަކަށްކަން އެކަމަނާ ދަރިވަރުންނަށް ހަނދާންކޮށްދެއްވި އެވެ.
އެކަމަނާގެ ވާހަކަފުޅުގައި މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާ ކުރެވޭކަން ކަށަވަރު ކުރުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
އެކަން ކަށަވަރު ކުރެވޭނީ ގޭތެރެއިން ފެންނަ ނަމޫނާތަކާއި، އަމަލު ކުރެވެމުންދާ ހެޔޮލަފާ، ރީތި، ގޮތްތަކުން ކަމަށްވާތީ، ގޭތެރެއިންނާއި ވެށީގެ ތެރެއިން ވެސް އެކަން ކަށަވަރުކޮށްދިނުމަށް އެކަމަނާ ބެލެނިވެރިންނާއި މުދައްރިސުންގެ ފަރާތުން އެދިވަޑައިގެންނެވި އެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ވަނީ، އަހުމަދިއްޔާ އިސްޓަނޭޝަނަލް އިސްކޫލު އުފެދިގެން މިއަދާ ހަމައަށް ދެމިއޮތުމުގައި ޖަމާއަތުގެ ގުޅުމާއި، ބެލެނިވެރިންގެ އެއްބައިވަންތަކަމާއި، އެކަކުއަނެކަކަށް އޮތް ހެޔޮ އެދުމުގެ ރޫހުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
އެ އިސްކޫލަކީ ދިވެހި ތައުލީމީ ދާއިރާގައި ވަޅުލެވުނު ކުޑަ އޮށަކުން ހެދިބޮޑުވެ، ގައުމަށް އިލްމީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ އިސްކޫލެއްކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ.
އަދި އެކަމަނާގެ ތައުލީމީ ހަޔާތްޕުޅުގައި ވެސް އަހުމަދިއްޔާގެ އިލްމީ ހިޔާވަހިކަން ލިބިވަޑައިގެންފައިވާތީ އެކަން ފާހަގަ ކުރައްވައި، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ފުރުސަތު ދެއްވީތީ އިސްކޫލުގެ ޕްރިންސިޕަލާއި ހުރިހާ މަސްއޫލުވެރިންނަށް އެކަމަނާ ޝުކުރު އަދާ ކުރެއްވި އެވެ.
މިއަދުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ ''ބްރިލިއަންސް ޓީޗާ'' އަދި ''ބެސްޓް އޯވަރޯލް ޓީޗާ'' އިނާމު ލިބުނު ޓީޗަރުންނަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ.
މީގެ އިތުރުން ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން ގައުމީ ގަދަ ދިހައެއްގެ އެއް ވަނައަށް ހޮވުނު ދަރިވަރާއި، ސާނަވީ ތައުލީމު ނިންމައި އިމްތިހާނުތަކުން މުޅި ދުނިޔެއިން އެކި ވަނަ ހޯދި ތިން ދަރިވަރުންނާއި ''ބެސްޓް އޯލްރައުންޑް'' ހާސިލުކުރި ތިން ދަރިވަރުންނަށް ވެސް އިނާމު ހަވާލުކޮށްދެއްވީ އެކަމަނާ އެވެ.
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި
މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ
ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި
މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ
ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި
ޑުރަގާއެކު ހައްޔަރުކުރި ފުލުސް އަންހެނާ ވަޒީފާއިން ވަކި ކުރަނީ
ކޮމެންޓް