ރައީސް ޑރ. މުއިއްޒު ހަނިމާދޫ ކައުންސިލާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް
އަންނަ އަހަރުން ފެށިގެން ކައުންސިލްގެ ބަޖެޓުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ ކޮމެޓީ ތަކަށް ދެމުން އަންނަ ބަޖެޓް ދެ ގުނަ ބޮޑުކުރައްވައި، ކައުންސިލް ތަކަށް ހިލޭ އެހީ ދޭ ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މުރާޖައާ ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެމަނިކުފާނު، ވަކިވަކިން ހިއްސާ ކުރެއްވި ދެ އެކްސް ޕޯސްޓުގައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުއްވުމުގެ ކުރިން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތައް އިތުރަށް ބާރުވެރި ކުރުވުމަށް ޓަކައި ކައުންސިލްގެ ބަޖެޓުން މިހާރު ދެމުންގެންދާ ފަސް ޕަސެންޓް، ދެގުނަ ކުރައްވައި، 10 ޕަސެންޓަށް ބޮޑު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
ދެން ގެންނަވަން ނިންމެވި ބަދަލަކީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނަށް ދޭ ރޯދަ އެލަވަންސް، އެ ކޮމެޓީގެ ބަޖެޓުން ދެއްވުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ދެއްވާ ގޮތަށް ހަމަޖެއްސެވުމެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ރޯދަ މަހުގެ އެލަވަންސް ދެއްވުމަށް ނިންމަވައި، މިދިޔަ އަހަރުން ފެށިގެން އެ އެލަވަންސްވަނީ ދެއްވަން ފައްޓަވާފަ އެވެ.
މީގެ އިތުރުން ރައީސް ޑރ. މުއިއްޒު ވަނީ، ރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލް ތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ދިނުމަށް ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދުވާތީ، އެއް ހަމައެއްގައި އެ ފައިސާ ދެވޭނެ ގޮތަށް ފިސްކަލް ފޯމިއުލާ މުރާޖައާ ކުރެއްވުމަށް ނިންމަވާފަ އެވެ.
އެގޮތުން ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލް ތަކަށް ގެއްލުން ވާތީ ފިސްކަލް ފޯމިއުލާ މުރާޖާ ކުރެއްވުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރެވޭ ގޮތަށް ބަދަލު ކުރައްވައި، އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވާއިރު މި ބަދަލު ވެސް ހުށަހެޅުއްވުމަށް ވަނީ ނިންމަވާފަ އެވެ.
މި ގޮތަށް ބަދަލު ގެންނެވުމަށް އެމަނިކުފާނު ނިންމެވީ، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދު ނުވާތީ އެވެ.
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި
މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ
ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި
މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ
ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި
ޑުރަގާއެކު ހައްޔަރުކުރި ފުލުސް އަންހެނާ ވަޒީފާއިން ވަކި ކުރަނީ
ކޮމެންޓް