ތެދު ހަބަރު ގެނެސްދެނީ އެންމެ ހަތަރު ނޫހަކުން: ފަލާހު

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު --

ގައުމުގެ އަމަން އަމާންކަމާ ސުލްހައަށް ލޯބިކޮށް، ތެދު ހަބަރާއި މައުލޫމާތު ގެނެސްދެނީ އެންމެ ހަތަރު ނޫހަކުން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ. ނަމަވެސް އެއީ ކޮން ނޫސްތަކެއް ކަމެއް ފަލާހު ވިދާޅެއް ނުވެ އެވެ.

ހަބަރު ފަތުރާ ވަސީލަތްތަކުން ހަގީގަތާއި ހިލާފު ދޮގު ހަބަރު ފަތުރާ ކަމުގެ ޝަކުވާ އިތުރުވެފައިވަނިކޮށް، ފަލާހު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުޑަ ގައުމެއްގައި އެއްވެސް ބަލައިލުމެއް ނެތި ކަމެއް ސާފުނުކޮށް ބުހުތާން ދޮގު ހަބަރު ފެތުރުމަކީ ވަރަށް ނުބައި ކަމެއް ކަމަށެވެ.

މިކަމުގެ ސަބަބުން ހެޔޮނުބައި އޮޅި އާއިލާތަށް ރޫޅި ކުށެއްނެތް އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާކަން ފާހަގަކޮށް ފަލާހު ވިދާޅުވީ ހިނގަމުން މިދަނީ ވަރަށް ދެރަ ކަންތައްތައް ކަމަށެވެ.

"ފައިސާކޮޅެއްދޭ އިރައް ފައިސާ ދޭ މީހާ ބުނާހާ ގޮތަކަށް ދޮގުހަ ހަބަރު ނުލިއެވިދާނެތީތޯ މީޑިއާބިލް ކަމު ނުދަނީ؟ މި ގޮތަށް ހޯދާ ފައިސާ މީ ހަލާލު ފައިސާ ތޯ؟ މީޑިއާތަކާއި މީޑިއާތަކުގެ ވެރިން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް މީޑިއާ ބިލްގައި ހިމެނުން ކިހިނެއްތޯ؟،" ފަލާހު ވިދާޅުވި އެވެ.

ކޮމެންޓް

team

މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ

3 މިނިޓު ކުރިން
team

ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި

1 ގަޑިއިރު ކުރިން
team

މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ

2 ގަޑިއިރު ކުރިން
team

ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

3 ގަޑިއިރު ކުރިން
team

ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި

3 ގަޑިއިރު ކުރިން
team

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

16 ގަޑިއިރު ކުރިން
team

ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި

16 ގަޑިއިރު ކުރިން
team

ޑުރަގާއެކު ހައްޔަރުކުރި ފުލުސް އަންހެނާ ވަޒީފާއިން ވަކި ކުރަނީ

20 ގަޑިއިރު ކުރިން
team

އުނގޫފާރު ހޮސްޕިޓަލްގައި އެމްސީޖީއެޗުގެ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް

1 ދުވަސް ކުރިން
team

މީޑިއާ ބިލުން އެއްވެސް ނޫސްވެރިއެއްގެ އަޑު ކަނޑުވައެއް ނުލާނެ: ސިނާން

1 ދުވަސް ކުރިން
team

ތައުލީމު ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިއުމަތެއް: މެޑަމް ސާޖިދާ

1 ދުވަސް ކުރިން
team

މާދަމާ ރޭ ހަނދުކޭތަ ހިފާތީ، ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރަން އަންގައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy