ނޮޅިވަރަމްގައި ސްޕޯޓްސް ކޮމްޕްލެކްސް އަޅަން އެމްއޭސީއެލްއާ ހަވާލުކުރުން: ފޮޓޯ/ އެމްއޭސީއެލް
ހދ. ނޮޅިވަރަމްގައި މަލްޓި ސްޕޯޓްސް ކޮމްޕެލްކްސްއެއް އަޅަން ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފި އެވެ.
ނޮޅިވަރަމްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އެވެ. ސްޕޯޓްސް މިނިސްޓްރީން، މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތަށްފަހު ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ ވެސް މިއަދު ވަނީ އަޅައިފަ އެވެ.
ކޮމްޕްލެކްސް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަނުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އާއި އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އަދި ނޮޅިވަރަމް ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ހުސެއިން އެވެ.
އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ނޮޅިވަރަމް މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުއަކީ ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމު ކުރުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެމްއޭސީއެލްއާ ދެމެދު މިދިޔަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ މަޝްރޫއެކެވެ.
ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި
މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ
ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި
ޑުރަގާއެކު ހައްޔަރުކުރި ފުލުސް އަންހެނާ ވަޒީފާއިން ވަކި ކުރަނީ
އުނގޫފާރު ހޮސްޕިޓަލްގައި އެމްސީޖީއެޗުގެ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް
މީޑިއާ ބިލުން އެއްވެސް ނޫސްވެރިއެއްގެ އަޑު ކަނޑުވައެއް ނުލާނެ: ސިނާން
ތައުލީމު ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިއުމަތެއް: މެޑަމް ސާޖިދާ
މާދަމާ ރޭ ހަނދުކޭތަ ހިފާތީ، ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރަން އަންގައިފި
ޑަބްލިޔުޑީސީގެ ބަޖެޓު ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުއިއްޒު ނިންމަވައިފި
ކޮމެންޓް