ތިލަމާލޭ ބުރިޖުގެ މަސައްކަތް ކުރަނީ: ފޮޓޯ/ ހަތާވީސް
މި އަހަރުގެ މިހާތަނަށް ތަރައްގީގެ މަޝްރޫއު ތަކަށް ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މަގުހެދުމާއި ބުރިޖު އަދި އެއާޕޯޓް ތަރައްގީ ކުރުމަށް ހިނގާފައިވާ ހަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗާ އެސެޓްތަކަށް 2.7 ބިލިއަން ރުފިޔާ މި އަހަރުގެ ތެރޭގައި ހޭދަކޮށްފައިވެ އެވެ.
ތަފާސް ހިސާބުގައިވާ ގޮތުން މިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަ ކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާ އެވެ.
މި އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު، އަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމް ތަކަށް ހޭދަ ކޮށްފައިވަނީ ހަތަރު ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު ޕަސެންޓެއް ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫއު ތަކަށް ހޭދަ ކޮށްފައިވެ އެވެ.
ނަމަވެސް މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫއުތަކުގެ ހަރަދަށެވެ.
އެގޮތުން މިފަދަ މަޝްރޫއު ތަކަށް ޖުމުލަ 2.5 ބިލިއަން ރުފިޔާ މި އަހަރުގެ ތެރޭގައި މިވަނީ ހަރަދު ކޮށްފަ އެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއު ތަކަށް 124.6 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަން ވެސް ތަފާސް ހިސާބުން ފާހަގަކޮށްލެވެ އެވެ.
ހަމައެއާއެކު ޕީއެސްއައިޕީ އާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާ ކުރުމަށް މި އަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާއެކު، މިފަދަ ޕްރޮގްރާމް ތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމުލަ ހަރަދު ކުޑަކުރެވިފައިވެ އެވެ.
މިއާއެކު، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 24.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އަދި މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު މިއަހަރުގެ ހަރަދު 15.6 ޕަސެންޓް ދަށެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވާއޯލް 534.6 މިލިއަން ރުފިޔާގެ ސާޕްލަސެއްގައި ވަނީ ދެމެހެއްޓިފަ އެވެ.
މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ
ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި
މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ
ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި
ޑުރަގާއެކު ހައްޔަރުކުރި ފުލުސް އަންހެނާ ވަޒީފާއިން ވަކި ކުރަނީ
އުނގޫފާރު ހޮސްޕިޓަލްގައި އެމްސީޖީއެޗުގެ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް
މީޑިއާ ބިލުން އެއްވެސް ނޫސްވެރިއެއްގެ އަޑު ކަނޑުވައެއް ނުލާނެ: ސިނާން
ތައުލީމު ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިއުމަތެއް: މެޑަމް ސާޖިދާ
މާދަމާ ރޭ ހަނދުކޭތަ ހިފާތީ، ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރަން އަންގައިފި
ކޮމެންޓް