ރައީސް އޮފީސް --
މި އަހަރުގެ މިހާތަނަށް ސަރުކާރުގެ ދަތުރުފަތުރަށް ކުރި ހަރަދު ހަ ޕަސެންޓް ދަށްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަފްތާގައި ރިކަރަންޓް ހަރަދުގެ 56 ޕަސެންޓް ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަން ކަމަށް ހޭދަ ކޮށްފައިވެ އެވެ.
މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، 5.5 ޕަސެންޓް ދަށް އަދަދެކެވެ.
އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 14.1 ޕަސެންޓް ދަށްވެފައިވާއިރު، މަރާމާތު ކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 16.6 ޕަސެންޓް ދަށްވެފަ އެވެ. ހަމަ އެހެންމެ، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރު ކުރުމަށް ކުރެވޭ ހޭދަ މި ވަނީ، މިދިޔަ އަހަރާ އަޅައި ބަލާއިރު ހަ ޕަސެންޓް ދަށްވެފަ އެވެ.
މިއާއެކު ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރު ކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 7.5 ޕަސެންޓް ވަނީ ދަށްވެފަ އެވެ.
ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަ ކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާ އެވެ. އެގޮތުން، މަގު ހެދުމާއި ބުރިޖު އަދި އެއާޕޯޓް ތަރައްގީ ކުރުމަށް ހިނގާފައިވާ ހަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗާ އެސެޓް ތަކަށް 2.7 ބިލިއަން ރުފިޔާ މި އަހަރުގެ ތެރޭގައި ހޭދަ ކޮށްފައިވެ އެވެ.
މިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 24.8 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު، މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު މި އަހަރުގެ ހަރަދު 15.6 ޕަސެންޓް ދަށެވެ.
އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވާއޯލް 534.6 މިލިއަން ރުފިޔާގެ ސާޕްލަސެއްގައި ވަނީ ދެމެހެއްޓިފަ އެވެ.
ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި
މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ
ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި
ޑުރަގާއެކު ހައްޔަރުކުރި ފުލުސް އަންހެނާ ވަޒީފާއިން ވަކި ކުރަނީ
އުނގޫފާރު ހޮސްޕިޓަލްގައި އެމްސީޖީއެޗުގެ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް
މީޑިއާ ބިލުން އެއްވެސް ނޫސްވެރިއެއްގެ އަޑު ކަނޑުވައެއް ނުލާނެ: ސިނާން
ތައުލީމު ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިއުމަތެއް: މެޑަމް ސާޖިދާ
މާދަމާ ރޭ ހަނދުކޭތަ ހިފާތީ، ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރަން އަންގައިފި
ޑަބްލިޔުޑީސީގެ ބަޖެޓު ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުއިއްޒު ނިންމަވައިފި
ކޮމެންޓް