ވީއައިއޭ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒަށް ތައްޔާރުވުމަށް މެޑިކަލް މެނޭޖްމެންޓް ތަމްރީނެއް

މެޑިކަލް މެނޭޖްމަންޓް ތަމްރީނުގެ ތެރެއިން: ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އިމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް (އެފެކްސް) އަށް ތައްޔާރު ވުމަށް މެޑިކަލް މެނޭޖްމެންޓް ތަމްރީނެއް ކުރިއަށް ގެންގޮސްފި އެވެ.

މިއީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިސްނަގައިގެން އެމްއޭސީއެލްއާ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ.

rafefasdf.jpg

މި ތަމްރީން ޕްރޮގްރާމުގައި އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް، އޭޑީކޭ، މޯލްޑިވްސް މެޑިކަލް ސާވިސަސް (މެމްސް) އަދި އެއާޕޯޓް އެމަޖެންސީ ސާވިސަސް އިން 73 ބޭފުޅުން ބައިވެރިވެފައިވެ އެވެ.

މި މަހުގެ އަށެއްގައި ބާއްވަން ހަމަޖެހިފައިވާ އެފެކްސްގެ ބޭނުމަކީ އެއާޕޯޓުގައި ދިމާވެދާނެ އިމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އިމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓު ކުރުމެވެ.

grgvedfesfc.jpg

އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރު ވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމު ކުރާ ހަރަކާތެކެވެ.

ވީއައިއޭގައި އެއާޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރު އެވެ. މި އަހަރުގެ އެފެކްސްގައި 33 އިދާރާއަކާއި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތަކުން ބައިވެރިވާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

ކޮމެންޓް

team

ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި

1 ގަޑިއިރު ކުރިން
team

މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ

2 ގަޑިއިރު ކުރިން
team

ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

3 ގަޑިއިރު ކުރިން
team

ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި

3 ގަޑިއިރު ކުރިން
team

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

16 ގަޑިއިރު ކުރިން
team

ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި

16 ގަޑިއިރު ކުރިން
team

ޑުރަގާއެކު ހައްޔަރުކުރި ފުލުސް އަންހެނާ ވަޒީފާއިން ވަކި ކުރަނީ

20 ގަޑިއިރު ކުރިން
team

އުނގޫފާރު ހޮސްޕިޓަލްގައި އެމްސީޖީއެޗުގެ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް

1 ދުވަސް ކުރިން
team

މީޑިއާ ބިލުން އެއްވެސް ނޫސްވެރިއެއްގެ އަޑު ކަނޑުވައެއް ނުލާނެ: ސިނާން

1 ދުވަސް ކުރިން
team

ތައުލީމު ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިއުމަތެއް: މެޑަމް ސާޖިދާ

1 ދުވަސް ކުރިން
team

މާދަމާ ރޭ ހަނދުކޭތަ ހިފާތީ، ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރަން އަންގައިފި

1 ދުވަސް ކުރިން
team

ޑަބްލިޔުޑީސީގެ ބަޖެޓު ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުއިއްޒު ނިންމަވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy