ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު: ފޮޓޯ/ މިހާރު
އެމްޑީޕީން އުޅެނީ އެ ޕާޓީގެ ވެރިކަމުގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް މި ސަރުކާރުން ތަހުގީގު ކުރަން އުޅޭތީ، ގައުމު ހަލަބޮލި ކުރަން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ 26 ވަނަ ޖަލްސާ އިން ފާސްކޮށްފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސިލްސިލާ މުޒާހަރާތަކެއް ފެށުމަށެވެ.
އެގޮތުން މިމަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ކުރުމަށް ނިންމާފައިވާއިރު، ސަރުކާރު ޖަވާބުދާރީ ކުރެވެންދެން ސިލްސިލާކޮށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ވެސް ގައުމީ މަޖިލީހުން ރޭ ފާސްކޮށްފައިވެ އެވެ.
މި މުޒާހަރާއަށް ފާޑު ވިދާޅުވެ، ފަލާހު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީން ކޮށްފައިހުރި ވައްކަންތައް ބަލަން ފަށާތީ އެ ޕާޓީން އެ އުޅެނީ މުޅި ގައުމު ބަލަބޮލި ކުރަން ކަމަށެވެ. އަދި ޖަރީމާ ހިންގުމަށްފަހު އެހެން މީހުން ބޮލަށް ކަނޑާލެވޭނެ ކަމަށް ހީ ނުކުރުމަށް ފަލާހު ވަނީ އެދިފަ އެވެ.
ފަލާހު ވިދާޅުވީ ބަދަލުގެ ނަމުގައި ފަސް އަހަރު ތެރޭ ގާތް ރަހުމަތްތެރިންނަށް 800 މިލިއަން ރުފިޔާ ބަހާލި ކަމަށާއި ކޮވިޑުގައި ގައުމުތަކުން ލިބުނު ހިލޭ އެހީތައް އެހުރީ ރާއްޖެއިން ބޭރުގައި އަމިއްލަ އެކައުންޓްތަކުގައި ކަމަށެވެ.
އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި އެ ހުރީ ކަރުދާހުގައި ސޮއިކޮށްލި ގޮތަށް އެއްވެސް މަސައްކަތެއް ނުކޮށް ކަމަށާއި އެކުވެރި ކުންފުނި ތަކަށް އެމްޑީޕީ ސަރުކާރުގައި އެތައްސަތޭކަ މިލިއަން ރުފިޔާ ބަހާލާފައިވާ ކަމަށެވެ.
"ތިއުޅެނީ މިހާލުގަ ގައުމު ޖައްސާފަ އަދިވެސް ހިތް ނުފުރިގެންތަ؟، ހީ ނުކުރާތި ދިވެހި ރައްޔިތުން އެހާ މޮޔަ ކަމަށް، މިގޮތައް ކިޔާ ނަމަ ރައްޔިތުންނަށް އެމްޑީޕީގެ ވެރިން ހިންގާފަ ހުރި ޖަރީމާތަށް ހާހުން ކިޔާލަން އެބަހުރި، އިންތިޒާރު ކޮށްލައްވާ ކުރި ވައްކަންތަށް އަރާ ހަމަ ކުރާނެ ހެއްކާއެކު،" ފަލާހު ވިދާޅުވި އެވެ.
މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ
ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި
މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ
ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި
ޑުރަގާއެކު ހައްޔަރުކުރި ފުލުސް އަންހެނާ ވަޒީފާއިން ވަކި ކުރަނީ
އުނގޫފާރު ހޮސްޕިޓަލްގައި އެމްސީޖީއެޗުގެ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް
މީޑިއާ ބިލުން އެއްވެސް ނޫސްވެރިއެއްގެ އަޑު ކަނޑުވައެއް ނުލާނެ: ސިނާން
ތައުލީމު ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިއުމަތެއް: މެޑަމް ސާޖިދާ
މާދަމާ ރޭ ހަނދުކޭތަ ހިފާތީ، ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރަން އަންގައިފި
ކޮމެންޓް