ފަލަސްތީނު ރައްޔިތުންނަށް އިންސާފާއި އިންސާނީ ކަރާމާތް ގާއިމުކޮށްދޭން ރައީސް ގޮވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުން: ފޮޓޯ/ ރައީސް އޮފީސް

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި، އިންސާނީ ކަރާމާތާއި، ސުލްހަ ގާއިމުކޮށްދިނުމަށް ވަކާލާތު ކުރުމުގައި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ފަދަ ޖަމާއަތްތަކާއި ގައުމުތަކުން ގުޅިގެން މަސައްކަތް ކޮށްދިނުމަށް ރައީސް ޑރ. މުހައްމައި މުއިއްޒު ގޮވައިލައްވައިފި އެވެ.

ރައީސް މިކަމަށް ގޮވާލެއްވީ ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށާއި އދގެ މެންބަރެއްގެ ގޮތުގައި 60 އަހަރު ފާހަގަކުރާ އަހަރު ކަމަށާއި، 1965ގައި ރާއްޖެއިން ވަކާލާތުކުރި ސުލްހައާއި، މަޝްވަރާއާއި، ޑިޕްލޮމަސީގެ އުސޫލުތަކަށް އަދިވެސް ވަކާލާތު ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

އަދި، ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ނިކަމެތި ހާލަތާއިމެދު ރާއްޖެއިން ކަންބޮޑުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އިރުމަތީ ގުދުސް ހިމެނޭ ގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ރައީސް ވަނީ ތަކުރާރު ކުރައްވާފަ އެވެ.

ރައީސް ޑރ، މުއިއްޒު ގެންދަވަނީ، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ގަވާއިދާ ހިލާފަށް ދެމިތިބެ، ފަލަސްތީނުގެ ރައްޔިތުންނާއި މެދު ހިންގަމުންގެންދާ ލާއިންސާނީ، އަނިޔާވެރި އަމަލުތައް ކުށްވެރި ކުރައްވައި، އެފަދަ އަމަލު ތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާއި ހިލާފުކަމެއްކަން ތަކުރާރު ކުރައްވައި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވައި އަޑުއުފުއްލަވަމުންނެވެ.

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެގައުމަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް، ކުރައްވާ ދަތުރުފުޅެކެވެ.

ކޮމެންޓް

team

ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި

1 ގަޑިއިރު ކުރިން
team

މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ

2 ގަޑިއިރު ކުރިން
team

ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

3 ގަޑިއިރު ކުރިން
team

ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި

3 ގަޑިއިރު ކުރިން
team

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

16 ގަޑިއިރު ކުރިން
team

ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި

16 ގަޑިއިރު ކުރިން
team

ޑުރަގާއެކު ހައްޔަރުކުރި ފުލުސް އަންހެނާ ވަޒީފާއިން ވަކި ކުރަނީ

20 ގަޑިއިރު ކުރިން
team

އުނގޫފާރު ހޮސްޕިޓަލްގައި އެމްސީޖީއެޗުގެ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް

1 ދުވަސް ކުރިން
team

މީޑިއާ ބިލުން އެއްވެސް ނޫސްވެރިއެއްގެ އަޑު ކަނޑުވައެއް ނުލާނެ: ސިނާން

1 ދުވަސް ކުރިން
team

ތައުލީމު ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިއުމަތެއް: މެޑަމް ސާޖިދާ

1 ދުވަސް ކުރިން
team

މާދަމާ ރޭ ހަނދުކޭތަ ހިފާތީ، ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރަން އަންގައިފި

1 ދުވަސް ކުރިން
team

ޑަބްލިޔުޑީސީގެ ބަޖެޓު ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުއިއްޒު ނިންމަވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy