އިހަވަން ފުޓްސަލް ޗެލެންޖް 2025: ތާރީޚު ތަކުރާރުވެ، ފައިނަލުގައި ބޮޑުމަގާއި އެންވީކޭގެ ވާދަވެރި ކުރިމަތިލުން!

—-

ހއ. އިހަވަންދޫގައި މިހާރު ކުރިއަށްދާ އިހަވަން ފުޓްސަލް ޗެލެންޖް2025 ގެ ފައިނަލަށް ދަތުރުކޮށްފައިވަނީ، ބޮޑުމަގު އަދި އެންވީކޭއެވެ.

މިދެ ޓީމު ވެސް މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ،ވަރުގަދަ ކުޅުމެއް ދައްކައިގެން ފައިނަލަށް ދަތުރުކޮށްފައިވާއިރު، މިއީނިމިގެންދިޔަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ދެ ޓީމުކަންފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި އެންވީކޭ ނިކުތީ ޔުނައިޓެޑް ޔޫތާއިދެކޮޅަށެވެ. ވާދަވެރި ކުޅުމަކަށްފަހު މި މެޗު އެންވީކޭ ކާމިޔާބުކުރީ 6-2 ގެނަތީޖާއަކުންނެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލު ކުރީ ބޮޑުމަގު އަދި ޒުވާން ކުޅުންތެރިން ގިނަ ބޮޓަފޮގޯ ވައިޖީއާއެވެ. މި މެޗުބޮޑުމަގު  ފަސޭހަކަމާއެކު ކާމިޔާބުކޮށް ފައިނަލްގެ ޖާގަ ކަށަވަރުކުރީ 10-1 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ވެސް މި ދެ ޓީމުގެ ފެންވަރު ވަރަށްފުރިހަމައަށް ފެނިގެންދިޔައެވެ. ބޮޑުމަގު ޓީމުގެ ކެޕްޓަން އަޔާފާހަގަކުރިގޮތުގައި، ފައިނަލަށް ނިކުންނަނީ ހުރިހާ ގޮތަކުން ޓީމުތައްޔާރުވެގެންނެވެ.

އެންވީކޭ ޓީމުގެ ކެޕްޓަން ހާމިދު ފާހަގަކުރިގޮތުގައި، އެ ޓީމު މި މުބާރާތަށްނިކުތީ ތަށި އުފުލާލުމުގެ ޢަޒުމުގައެވެ. އަދި ފައިނަލް މެޗަށް މުޅި ޓީމުވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ހާމިދު ފާހަގަކުރިއެވެ.

މި ދެ ޓީމަކީވެސް މިދިޔަ އަހަރުގެ ފައިނަލް ކުޅުނު ދެ ޓީމު ކަމުން،މިއަހަރުގެ ފައިނަލް ވެސް ވަރަށް ވާދަވެރިކޮށް އަދި ފޯރިގަދަކޮށްކުރިއަށްދާނެކަމަށް ބެލެވެއެވެ. ފޯރި އާއި ޖޯޝާއެކު މި ދެޓީމުގެ ސަޕޯޓަރުން ވެސް ފައިނަލް މެޗަށް ދަނީ ތައްޔާރުވަމުންނެވެ. މި ދެޓީމް ބައްދަލުކުރާ ފައިނަލް މެޗް ކުޅޭނީ އޮގަސްޓް 2 ވާ ހޮނިހިރު ދުވަހުގެ ރޭ20:30 ގައި ހިންނަ ފުޓްސަލް ދަނޑުގައެވެ.

ކޮމެންޓް

team

އައްޑޫ އެއާޕޯޓުގެ ބޯޑަށް ޝެރީނާ ކަނޑައަޅައިފި

12 ގަޑިއިރު ކުރިން
team

އެމްއޭސީއެލްގެ ބޯޑު މެންބަރަކަށް ނާސިފް

13 ގަޑިއިރު ކުރިން
team

ދާއިމީ އިމާމުންގެ ދަތިކަމަށް ސަރުކާރުން އަވަސް ހައްލެއް ހޯދަނީ

13 ގަޑިއިރު ކުރިން
team

ބީއެމްއެލުން ނުކުޅެދޭ ފަރާތްތަކަށް އިތުރު 30 ވީލް ޗެއާ ފޯރުކޮށްދީފި

14 ގަޑިއިރު ކުރިން
team

"ދެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ"

14 ގަޑިއިރު ކުރިން
team

މެރިޓައިމް ސެކިއުރިޓީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެމެރިކާއިން ފާޅުކޮށްފި

15 ގަޑިއިރު ކުރިން
team

ފެލިވަރުގައި ހަދާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް މިއަހަރު އޮޕަރޭޝަން ގެންނަނީ

16 ގަޑިއިރު ކުރިން
team

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޝަކީލް އައްޔަންކޮށްފި

17 ގަޑިއިރު ކުރިން
team

ޑާކް ރެއިންގެ އައު ފިލްމު "ޕްރޮޖެކްޓް 43" ގެ ޝޫޓިން ފަށައިފި

19 ގަޑިއިރު ކުރިން
team

އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާގެ 79 މަޝްރޫޢުއެއް ކުރިއަށް!

19 ގަޑިއިރު ކުރިން
team

މާލިއްޔަތުގެ ޤާނޫނަށް އޭސީސީ މުވައްޒަފުން އަހުލުވެރިކުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

19 ގަޑިއިރު ކުރިން
team

ފުލުހުންގެ ބެލުމުގެދަށުގައި ހުރި 467 ފުޅި ބަނގުރާ ނައްތާލައިފި

19 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy