މާރަންދޫ ކައުންސިލް ކަޕް: ވޯލްވްސް އާއި އޯލް ޔުނައިޓެޑް މުބާރާތުގެ ފައިނަލަށް

—-

މާރަންދޫ ކައުންސިލް ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ވޮލްވްސް އެފްސީ އަދި އިހާ ގޮނޑި ބައްދަލު ކުރި މެޗް 8 – 0 ގެ ނަތީޖާއަކުން ވޮލްވްސް އެފްސީން ކާމިޔާބު ކޮށްފިއެވެ.

ވޯލްވްސްގެ ގޯލްތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހުމައިދު ހުސައިން 4 ގޯލް، ޓީމްގެ ކެޕްޓަން މުބީން (މުއްކި) 1 ގޯލް، މުހަންމަދު ރަމީޒު 1 ގޯލް، ޝަމްހާން 1 ގޯލް އަދި ޝަނީމް 1 ގޯލްއެވެ. އިހާ ގޮނޑި ޓީމް އަށް ލަނޑު ޖަހާނެ ފުރުސަތު ތަކެއް ލިބުނު ނަމަވެސް ގޯލާ އަމާޒުކޮށް ފޮނުވާލި އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

8111e76c-9bf3-4fc7-ade2-6bc62e8365a3.jpeg

މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ވޮލްވްސް އެފްސީގެ ހުމައިދު ހުސެން އެވެ.

މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ މެޗްގައި އޯލް ޔުނައިޓެޑް އަދި އެތްލެޓިކް ޔުނައިޓެޑް ބައްދަލު ކުރި މެޗް 2 – 1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އޯލް ޔުނަޓެޑެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި މުބާރާތުގެ ފުރަތަމަ ރަތްކާޑުވެސް ވަނީ އެތްލެޓިކް ޔުނައިޓެޑްއިން ފެނިގެން ގޮސްފައެވެ. އޯލް ޔުނައިޓެޑް އިންއެޓީމްގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ ޓީމްގެ މުޙަންމަދު އާދަމް އެވެ. އަދި އެ ލަނޑަށްފަހު ގިނަ އިރުތަކެއް ނުވަނީސް އެތްލެޓިކް ޔުނައިޓެޑްގެ ގޯލް އެ ޓީމަށް ކެޕްޓަން ޝާއިން ކާމިޔާބް ކޮށްދީ މެޗްގެ ނަތީޖާ ވަނީ ހަމަހަމަ ކޮށްދީފައެވެ.

ec88bf17-37a8-486e-9a59-a3dbdfbf822a.jpeg

އަދި ދެވަނަ ހާފްގައި ދެ ޓީމަށް ލަނޑުޖަހާނޭ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް މެޗް ނިމުމަކާއި ގާތްވެފައި ވަނިކޮށް ލިބުނު ހަނި ފުރުސަތެއްގައި އޯލް ޔުނައިޓެޑްގެ މުޙަންމަދު އަސްލަމް ވަނީ ދެވަނަ ގޯލް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ބަދަލުކޮށްލާފައެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އޯލް ޔުނައިޓެޑްގެ މުޙަންމަދު އަސްލަމް އެވެ.

767361bf-254f-4ec7-a15a-921fffe37880.jpeg

މި މެޗް ޝަރަފުވެރިކޮށްދެއްވީ ޕާފެކްޓް މަލަފެހި މޯލްޑިވްސްގެ މެނޭޖިން ޑީރެކްޓަރ މުޙަންމަދު ހަސަންއެވެ.

މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 1 އޮގަސްޓް ވާ ހުކުރު ދުވަހުގެ ހަވީރުއެވެ.

ކޮމެންޓް

team

ގައުމީ ފުޓްސަލް ޓީމުން ހޯދީ ތާރީހީ ފަހުރެއް: ރައީސް

19 މިނިޓު ކުރިން
team

ދެ އަހަރު ތެރޭ ހިލޭ ޑިގްރީއަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފި

7 ގަޑިއިރު ކުރިން
team

މީދޫގައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހަކު ހައްޔަރު ކޮށްފި

22 ގަޑިއިރު ކުރިން
team

ގައުމީ ފިރިހެން ފުޓްސަލް ޓީމަށް ނައިބު ރައީސް ހިތްވަރު ދެއްވައިފި

22 ގަޑިއިރު ކުރިން
team

ރައީސްގެ ވައުދާ އެއްގޮތަށް ރޯދަ ހަދިޔާ މަސްދަޅު ހޮނިހިރު ދުވަހު ބަހަން ފަށަނީ

1 ދުވަސް ކުރިން
team

ހުޅުދެލީ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

1 ދުވަސް ކުރިން
team

"ބީފާން" ވޮލީ ބޯޅަ މުބާރާތް ނިންމުން ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް

1 ދުވަސް ކުރިން
team

އުކުޅަހުގައި އަލަށް ބެހެއްޓި ޖަނަރޭޓަރުން ކަރަންޓު ދޭން ފަށައިފި

1 ދުވަސް ކުރިން
team

މާލޭގެ ބޮޑު ސަރަހައްދަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

1 ދުވަސް ކުރިން
team

ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ނިކަން ބާރަށް ކުރިއަށް

1 ދުވަސް ކުރިން
team

ދ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލަސިސްގެ ހިދުމަތް ފަށައިފި

1 ދުވަސް ކުރިން
team

އައިންތު މިސް އާއި އެމްޕީއެލް މުވައްޒަފުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy