މާރަންދޫ ކައުންސިލް ކަޕް: އެއްވެސް ޓީމަކަށް ބަލިނުކުރެވުނު ވޯލްވްސް އެފްސީއަށް ސެމީގެ ފަހު ޖާގަ

—-

މާރަންދޫ ކައުންސިލް ކަޕްގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗްގައި ވޮލްވްސް އެފްސީ އަދި އެފްސީ ރިކަވަރ ބައްދަލުކުރި މެޗް 3-2 ގެ ނަތީޖާއަކުން ވޮލްވްސް އެފްސީ ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގައި ވޮލްވްސް އެފްސީ ކޮޅަށް ޖެހި ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އެފްސީ ރިކަވަރ ގެ ކެޕްޓަން މުޙަންމަދު ސާޖިދުއެވެ. އަދި ރިކަވަރ ގެ ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ އަޙްމަދު ޝާފިއު އެވެ. ދެވަނަ ހާފް ފެށުމާއި އެކު ރިކަވަރގެ ކެޕްޓަން ސާޖިދު އަށް އަނިޔާ ވުމާއި ގުޅިގެން ވަނީ ދަނޑުން ބާލާފައެވެ.

5d1b64a5-f91f-4fff-8140-a618eecb3f62.jpeg

ވޯލްވްސްގެ ގޯލްތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާޙިމް މުބީން 1 ގޯލް، ހަމްދޫން އަބްދުލް ލަތީފް 1 ގޯލް އަދި ކެޕްޓަން ހުމައިދު ހުސައިން 1 ގޯލް އެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށްވެސް ހޮވުނީ ވޮލްވްސް އެފްސީގެ ކެޕްޓަން ހުމައިދު ހުސައިން އެވެ.

92ff1d62-16df-4f2e-99db-27894ac55da5.jpeg

މި މެޗް ޝަރަފުވެރިކޮށްދެއްވީ މާރަންދޫ ކައުންސިލްގެ ދެވަނަ ދައުރުގެ ކައުންސިލް މެމްބަރ އަޙްމަދު އަސްލަމްއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗްތައް ކުރިޔަށް ދާނީ 30 ވަނަ ދުވަހު ހަވީރު އެވެ.

ސެމީ ފައިނަލްގެ ފުރަތަ މެޗްގައި ބައްދަލު ކުރާނީ ވޮލްވްސް އެފްސީ އާއި އިހާ ގޮނޑިއެވެ. އަދި ދެވަނަ މެޗްގައި ބައްދަލު ކުރާނީ އެތްލެޓިކް ޔުނައިޓެޑް އާއި އޯލް ޔުނައިޓެޑްއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރގެ ގޮތުގައި ހަމަޖައްސާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު އަޙްމަދު ނަޞީރުގެ އިތުރުން، އެމްސިކްސް ގިފްޓެވެ.

918fc353-1f10-44c0-b522-c3ca3b4e229f.jpeg

މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 2000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ފެއާރޕްލޭ ޓީމް، އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން، އެންމެ މޮޅު ކޯޗު، އެންމެ އުއްމީދީ ކުޅުންތެރިޔާގެ އިތުރުން، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޮވުމަށްވެސް ހަމަޖެހިފައިވެއެވެ.

މި މުބާރާތުގެ އޮންލައިން ޕާޓްނަރަކީ ދެލި އޮންލައިންނެވެ.

މުބާރާތުގެ އެކިއެކި ސްޕޮންސަރުން:

ކިޓް ޕާޓްނަރ: ކިޓްކޯ

ޕްރިންޓިން ޕާޓްނަރ: ލޭޔަރ

ޑިޒައިން ޕާޓްނަރ: ލާނިމް ޑިޒައިން

ސިލްވަރ ސްޕޮންސަރ: ޔުނީކް ކާރވިންސްގެ / ޖޯޒީ

ޓްރެވެލް ޕާޓްނަރ: ސެންޓެކްސް / ސީ ކިންގްސް

އޮފިޝަލް ބޯލް ޕާޓްނަރ: ޖާރޒިއާ

ޑިޖިޓަލް ޕާޓްނަރ: ދިރާޖު

މީގެ އިތުރުންވެސް މި މުބާރާތް ހިންގުމަށް ތަފާތު އެކިއެކި ފަރާތްތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓް

team

އައްޑޫ އެއާޕޯޓުގެ ބޯޑަށް ޝެރީނާ ކަނޑައަޅައިފި

12 ގަޑިއިރު ކުރިން
team

އެމްއޭސީއެލްގެ ބޯޑު މެންބަރަކަށް ނާސިފް

13 ގަޑިއިރު ކުރިން
team

ދާއިމީ އިމާމުންގެ ދަތިކަމަށް ސަރުކާރުން އަވަސް ހައްލެއް ހޯދަނީ

13 ގަޑިއިރު ކުރިން
team

ބީއެމްއެލުން ނުކުޅެދޭ ފަރާތްތަކަށް އިތުރު 30 ވީލް ޗެއާ ފޯރުކޮށްދީފި

14 ގަޑިއިރު ކުރިން
team

"ދެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ"

14 ގަޑިއިރު ކުރިން
team

މެރިޓައިމް ސެކިއުރިޓީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެމެރިކާއިން ފާޅުކޮށްފި

15 ގަޑިއިރު ކުރިން
team

ފެލިވަރުގައި ހަދާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް މިއަހަރު އޮޕަރޭޝަން ގެންނަނީ

16 ގަޑިއިރު ކުރިން
team

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޝަކީލް އައްޔަންކޮށްފި

17 ގަޑިއިރު ކުރިން
team

ޑާކް ރެއިންގެ އައު ފިލްމު "ޕްރޮޖެކްޓް 43" ގެ ޝޫޓިން ފަށައިފި

19 ގަޑިއިރު ކުރިން
team

އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާގެ 79 މަޝްރޫޢުއެއް ކުރިއަށް!

19 ގަޑިއިރު ކުރިން
team

މާލިއްޔަތުގެ ޤާނޫނަށް އޭސީސީ މުވައްޒަފުން އަހުލުވެރިކުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

19 ގަޑިއިރު ކުރިން
team

ފުލުހުންގެ ބެލުމުގެދަށުގައި ހުރި 467 ފުޅި ބަނގުރާ ނައްތާލައިފި

19 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy