--
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސިޓީއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ދެ ޓީމަށްވެސް ފުރުސަތުތައް ތަނަވަސް ކުރެވިފައިވަނީ ދާދި އެއްވަރަކަށެވެ.
މި މެޗުގެ 11 ވަނަ މިނިޓުގައި މެންޗެސްޓަރ ސިޓީ އަށް ލިބުނު ޕެނަލްޓީ އަކުން އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ހާލާންޑް މި މެޗުގައި ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގައި 100 މެޗަށްވުރެ މަދު މެޗުން 100 ލަނޑު ޖަހައިދިނުމުގައި ބައިވެރިވި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ.
ބްރައިޓަން އާއި ދެކޮޅަށް ހާލަންޑް ކުޅުނު މެޗަކީ ޕްރިމިއާ ލީގުގައި އޭނާ ކުޅުނު 94 ވަނަ މެޗެވެ. އަދި މިއީ އޭނާ ޖެހި 84 ވަނަ ލަނޑެވެ. މީގެ އިތުރުން އޭނާ ވަނީ 16 ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގެ 21 ވަނަ މިނިޓުގައި ބްރައިޓަންގެ ޕާރވިސް އެސްޓޫޕިނާން ވަނީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް ސިޓީގެ އުމަރު މަރްމޫޝް ވަނީ އިތުރު ލަނޑެއް ޖަހާ އެ ޓީމަށް ދެވަނަ ފަހަރަށް ކުރި ހޯދަދީފަ އެވެ.
ކެފޭތަކެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
ކޮމެންޓް