—
ޙައްޖަކީ އިސްލާމްދީނުގެ ފަސްވަނަ ރުކުނެވެ. މިއީ ކޮންމެ މުސްލިމަކުވެސްއުމުރުގައި އެއްފަހަރު އަދާކުރަން ޖެހޭ އަޅުކަމެކެވެ. ނަމަވެސް، ގިނަ މީހުންޙައްޖު އަދާކުރުމަށް އިސްކަންދެނީ އުމުރުން ދުވަސްވުމަށްފަހުގައެވެ. މިރިޕޯޓުގައި އަލިއަޅުވާލާނީ ޒުވާން އުމުރުގައި ޙައްޖު އަދާކުރުމުގެ މުހިންމުކަމާއިއޭގެ ފައިދާތަކުގެ މައްޗަށެވެ.
ޒުވާން އުމުރުގައި ޙައްޖު އަދާކުރުމުގެ އެންމެ ބޮޑު އެއް ފައިދާއަކީ ޖިސްމާނީގޮތުން ލިބޭ ފަސޭހަކަމެވެ. ޒުވާން އިރު ހަށިގަނޑު ވަރުގަދަވެފައި ހުންނާތީ، ޙައްޖުގެ އަޅުކަންތައް ފަސޭހަކަމާއެކު އަދާކުރެވޭނެއެވެ. މިސާލަކަށް، ޠަވާފްކުރުމާއި ސަޢީ ކުރުން ފަދަ ޖިސްމާނީ ގޮތުން ބުރަ އަޅުކަންތައްޒުވާނުންނަށް ފަސޭހައިން ކުރެވޭނެއެވެ. މީހުންގެ އެހީތެރިކަމެއް ބޭނުމެއް ނުވާނެއެވެ. އަމިއްލަ ނަފުސަށް ހުރިހާކަމެއްވެސް އެންމެ ފުރިހަމައަށް ކޮށްނިންމާލެވޭނެއެވެ.\
ދެވަނައަށް، ޒުވާން އުމުރުގައި ޙައްޖު އަދާކުރުމުން ދީނީ ހޭލުންތެރިކަން އިތުރުވެގެންދާނެއެވެ. ޙައްޖުގެ އަޅުކަމުގައި އިސްލާމްދީނުގެ މުހިންމު އަސާސްތަކާއި ތާރީޚީ ތަންތަން ދެނެގަނެވި، ދީނީ ޢިލްމު އިތުރުވެގެންދާނެއެވެ. މި ތަޖުރިބާއަކީ ޒުވާނުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމްދީނާ މެދު ޝައުޤުވެރިކަން އުފެއްދުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. ރަސޫލު ބޭކަލުންނާއި ޞަހާބީ ބޭކަލުން ދިރިއުޅުއްވި ސަރަހައްދުތަކަށް ޒިޔާރަތްކޮށް އެބޭކަލުންގެ ފަރާތުން ދީނަށް ލިބުނު ނަސްރާއި ކާމިޔާބާއި ފަތަހަ ހިތް މައްޗަށް ގެނެސް ގަނެވޭނެއެވެ.
ތިންވަނައަށް، ޙައްޖުގެ ސަބަބުން ޒުވާނުންގެ އަޚްލާޤު ރަނގަޅުވެގެންދާނެއެވެ. ޙައްޖުގެ އަޅުކަމުގައި ކެތްތެރިކަމާއި އިޚްލާޞްތެރިކަން ދަސްވެ، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ދަސްވާނެއެވެ. މި ސިފަތަކަކީ ޒުވާނުންގެ މުޅި ޙަޔާތަށް ފައިދާކުރާނެ މުހިންމު ސިފަތަކެކެވެ. މިއަދު ސޯސަލް މީޑިއާގެ އަވާގައި ޖެހި ލާޗާރު ބިޗާރުވެފައިވާ އެހެނިހެން ޒުވާނުންނަށް ރަނގަޅު ނަމޫނާއެއް ދެއްކުމަށް ފުރުޞަތު ލިބިގެންދާނެއެވެ. ދުނިޔެއާއި ޢާޚިރަތް ހާސިލްކުރުމުގެ ސަރާސަރު ރާސްތާ މަގެއް ހުޅުވިގެންދާނެއެވެ.
ހަތަރުވަނައަށް، ޒުވާން އުމުރުގައި ޙައްޖު އަދާކުރުމަކީ މުސްތަޤުބަލަށް ކުރެވޭ ރަނގަޅު އިންވެސްޓްމަންޓެކެވެ. އުމުރުން ދުވަސްވުމަށްފަހު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދަތިވެދާނެ ޙާލަތްތައް މެދުވެރިވެދާނެއެވެ. އެހެންކަމުން، ޒުވާން އިރު މިއަޅުކަން އަދާކޮށްލުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ. ފަސްވަނައަށް، ޙައްޖުގެ ދަތުރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މުސްލިމުންނާ ބައްދަލުވެ، އާ ރަޙްމަތްތެރިކަން އުފެދިގެންދާނެއެވެ. މި އިޖުތިމާޢީ ގުޅުންތަކަކީ ޒުވާނުންގެ ދުނިޔެ ފުޅާކޮށް، އެމީހުންގެ ވިސްނުން ތަރައްޤީކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.
މިއަދަކީ ބަވަނަ ވެފައިވާ ދުނިޔެއެއް ކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދީނީ ކަންތައްތައް ކުރިއެރުވުމުގައި ކުރަމުންދާ މަސައްކަތްތައް ދެނެގަނެވި އެކަންތައްތައް ކުރުމަށް މަގުފަހިވެގެން ދާނެއެވެ. ޒަމާނާއި މުޖުތަމައުއާ ގުޅޭގޮތަށް ދީން ފެތުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އުނގެނި ދަސްކުރުމަށް ފުރުސަތު ލިގެންދާނެއެވެ. އަދި އެންމެ ފަހުން، ޙައްޖުގެ ރޫޙާނީ ތަޖުރިބާއިން ޒުވާނުންނަށް ނޭދެވޭ އާދަތަކުން ދުރުހެލިވެ، ހެޔޮ މަގަށް ރުޖޫއަވުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ޒުވާން އުމުރުގައި ދިމާވެދާނެ ގޮންޖެހުންތަކުން ސަލާމަތްވުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. މިހާރު ދުނިޔޭގައި ފެތުރެމުންދާ ނުބައި އޮއިވަރުގައި ނުޖެހި ދީނީ އަޤީދާ ވަރުގަދަކޮށް ކުރިއަށް ގެންދިއުމަށް ލިބިގެންދާ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. ޒުވާން އުމުރުގައި ހިތާއި ސިކުޑިއަށް ލިބޭ ރޫޙާނި ފައިދާއަކީ އެމީހެއްގެ މުޅި އުމުރަށްވެސް ދެމިގެންދާނެކަމެކެވެ.
ނިންމާލުމުގެ ގޮތުން ދަންނަވާނީ، ޒުވާން އުމުރުގައި ޙައްޖު އަދާކުރުމަކީ ދުނިޔެއާއި އާޚިރަތަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. މިއީ ޖިސްމާނީ، ރޫޙާނީ އަދި އިޖުތިމާޢީ ގޮތުން ޒުވާނުން ކުރިއެރުވުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ. އެހެންކަމުން، ކުޅަދާނަކަން ހުރި ހުރިހާ ޒުވާނުންވެސް މި މުހިންމު އަޅުކަން ވީހާވެސް އަވަހަކަށް އަދާކުރުމަށް މަސައްކަތްކުރުން މުހިންމެވެ. ޙައްޖަކީ ހަމައެކަނި އަޅުކަމެއް ނޫނެވެ. އެއީ މުޅި ޙަޔާތް ބަދަލުކޮށްލާފާނެ އަގުހުރި ތަޖުރިބާއެކެވެ. ޒުވާން އުމުރުގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭތޯ ބަލަމާ ހިނގާށެވެ.
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ
ކޮމެންޓް