ވޭތުވެދިޔަ ދުވަސްތަކުގައި ދިމާވި ގޮންޖެހުންތަކުން އަރައިގަނެވިއްޖެ: ރައީސް

ރައީސް މުއިއްޒު ކުޑަރިކިލު ރައްޔިތުންނާ ބައްދަލު ކުރެއްވުން --

މިސަރުކާރު ވެރިކަމާއި ހަވާލުވެގެން މިދިޔަ ދުވަސްތަކުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި، އެހެންނަމަވެސް އެ ދިމާވި ގޮންޖެހުންތަކުން މިހާރު ވަނީ އަރައިގަނެވިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަރިކިލު ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. އަދި ވިދާޅުވީ މިސަރުކާރުގެ ދޮޅު އަހަރުގެ ތެރޭގައި މަޝްރޫއުތައް ހިންގައި، ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދުމުގައި ގޮންޖެހުންތައް ދިމާވި ކަމަށެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތައް ވަރަށް ރަނގަޅަށް ހަނދުމަފުޅު އެބަހުރި ކަމަށާއި، އެ ވައުދުތައް ފުއްދުމުގައި ސަރުކާރުން ސީރިއަސް ކަމާއެކު ދެމި އޮންނާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް ފަށައި، ހުއްޓިފައި ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ މަގުތައް މި ސަރުކާރުން ހޯދައި އެކަންކަން ނިންމާނެ ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ މަހު ހއ. މާރަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވެފައިވަނީ ރައްޔިތުންގެ ގާތަށް އެ މަނިކުފާނާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަޑައިގަތުމަކީ އެއްވެސް ހާލެއްގައި ބޭކާރު ވެގެންދާ ހަރަދެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއާހިލާފަށް ބޭކާރު ވެގެންދާ ހަރަދަކީ ކަންކަން ނުކުރެވި ލަސްވެގެން ގޮސް ލިބޭ ގެއްލުމުގެ އަގު މާ ބޮޑެވެ.

ކޮމެންޓް

team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ގަޑިއިރު ކުރިން
team

ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި

1 ގަޑިއިރު ކުރިން
team

މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ

2 ގަޑިއިރު ކުރިން
team

ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި

4 ގަޑިއިރު ކުރިން
team

މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ

4 ގަޑިއިރު ކުރިން
team

ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

6 ގަޑިއިރު ކުރިން
team

ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި

6 ގަޑިއިރު ކުރިން
team

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

19 ގަޑިއިރު ކުރިން
team

ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި

19 ގަޑިއިރު ކުރިން
team

ޑުރަގާއެކު ހައްޔަރުކުރި ފުލުސް އަންހެނާ ވަޒީފާއިން ވަކި ކުރަނީ

23 ގަޑިއިރު ކުރިން
team

އުނގޫފާރު ހޮސްޕިޓަލްގައި އެމްސީޖީއެޗުގެ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް

1 ދުވަސް ކުރިން
team

މީޑިއާ ބިލުން އެއްވެސް ނޫސްވެރިއެއްގެ އަޑު ކަނޑުވައެއް ނުލާނެ: ސިނާން

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy