—
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ ބައްޕާފުޅު ސަޢީދު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަޒީރު މުޙައްމަދު ސަޢީދުގެ ލޮބުވެތި ބައްޕާފުޅު ވިނަރެސް، ހއ. ތުރާކުނު، ސަޢީދު ޢަބްދުﷲ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމައާއެކުގައި ކަމަށެވެ.
މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެއް ކަމަށާއި އެއީ ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަރުޙޫމްގެ ޢާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާ ކަމަށް ރައީސް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ސަޢީދު ޢަބްދުﷲ ލެހެއްޓުމަށް ދުޢާ ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި
މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ
ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި
މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ
ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި
ޑުރަގާއެކު ހައްޔަރުކުރި ފުލުސް އަންހެނާ ވަޒީފާއިން ވަކި ކުރަނީ
އުނގޫފާރު ހޮސްޕިޓަލްގައި އެމްސީޖީއެޗުގެ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް
މީޑިއާ ބިލުން އެއްވެސް ނޫސްވެރިއެއްގެ އަޑު ކަނޑުވައެއް ނުލާނެ: ސިނާން
ކޮމެންޓް