އިއްބެ މިއަދުގެ ޖަލްސާގައި
ރާއްޖޭގެ ރީތިކަމާއި ނަލަ ޖަޒީރާތަކުގެ ފައިދާ އެންމެ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ލިބެމުން ނުދާކަމަށް ބުނެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ޙުސައިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އިއްބެ މިހެން ވިދާޅުވީ ޓޫރިޒަމާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ ގޯލްޑަން އެގުން މި ރާއްޖެއަށް ލިބެނީ ކޯއްޗެއްތޯ؟ މިއީ މިއަދު ކުރަން ޖެހޭ ސުވާލެއް. އަޅުގަނޑު ދަންނަވާނީ ޕީސް އޮފް ސޭންޑެއްގެ މިންވަރުގެ އެތިކޮޅެއްވެސް އަޅުގަނޑުމެންނަށް ނުލިބޭ.
އިތުރަށް އިއްބެ ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގައި ވަރަށް އަގުބޮޑުކޮށް ރޫމްތައް ވިއްކަމުންދާ ކަމަށާއި، ނަމަވެސް އޭގެ ފައިދާ ރައްޔިތުންނަށް ލިބެމުން ނުދާ ކަމަށެވެ.
އަޅުގަނޑުމެންގެ އެންމެ ބޮޑު ވަޞީލަތަކީ މި ރާއްޖޭގެ ކުދި ރަށްތަކާއި ކަނޑު ފަޅުތައް. އެހެންކަމުން، އެ ތަންތަނުގެ ފައިދާ ރައްޔިތުންނަށް ލިބޭ ގޮތަށް އިންވެސްޓަރުން މަސައްކަތް ކުރުމަކީ އެ ބޭފުޅުންގެ ޒިންމާއެއް - އިއްބެ ފާހަގަ ކުރެއްވިއެވެ.
ޕީޕީއެމްގެ ސަރުކާރުގައި ވަރަށް ބޮޑު އިންވެސްޓްމަންޓެއް ރާއްޖެ ގެނައި ކަމަށާއި، ނަމަވެސް އެކަން ހުއްޓުވީ އެމްޑީޕީން ކަމަށްވެސް އިއްބެ ވިދާޅުވިއެވެ.
އިއްބެ އެ އިޝާރާތް ކުރެއްވީ ފ.އަތޮޅުގައި ސަޢުދީ ސަރުކާރުން ހިންގަން އުޅުނު މަޝްރޫައަށެވެ.
ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުންނަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ފަތުރާ މައުލޫމާތުތަކާ ގުޅިގެން އޭރުގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދިޔައީ ބޭރުގެ އެއްވެސް ބަޔަކަށް އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ. އޭގެ ބަދަލުގައި އެ އަތޮޅުގައި ހިންގަން ރާވާފައި ވަނީ ތަރައްގީގެ ވަރަަށް ބޮޑު މަޝްރޫއުއެއް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ކޮމެންޓް