ފުވައްމުލަކު ފުނާޑު ފުޓްސަލް ދަނޑުގެ މަސައްކަތަށް ހުރަސް އަޅަނީ ކައުންސިލުން - އިއްބެ

މިއަދުގެ ޖަލްސާގައި އިއްބެ ވާހަކަފުޅު ދައްކަވަނީ

ފުވައްމުލަކު ފުނާޑު އަވަށުގައި އަޅަން ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތަށް ހުރަސް އަޅަނީ ފުވައްމުލަކު ސިޓީ ކައުންސިލުން ކަމަށް ބުނެ، އެކަމުގައި މިނިސްޓްރީން ޢަމަލު ކުރާނެ ގޮތެއް ސާފުކުރުމުގެ ގޮތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ޙުސައިން، ސްޕޯޓްސް މިނިސްޓަރ ރާފިޢުއާ ސުވާލު ކުރިމަތި ކުރުވައިފިއެވެ.

ފުވައްމުލަކު ފުނާޑު އަވަޑުގައި އަޅަން ހަމަޖެހިފައިވާ ފުޓްސަލް ދަނޑު އެޅުމަށްޓަކައި ޓެންޑަރ ކުރެވި ހުރިހާ ކަމެއް ކުރެވި ތައްޔާރުވެފައިވާއިރު، އަދި ފުވައްމުލަކު އެމްޑީޕީ ކައުންސިލުން މި މަސައްކަތް ހުއްޓުވުމަށް އެތައް ގުނަ މަސައްކަތެއް ކުރަމުންދާކަން އަޅުގަނޑު ފާހަގަ ކޮށްލަން، އެހެންކަމުން މި މަސައްކަތް ފެށޭނީ ކޮންތާރީހެއްގައިތޯ އަދި އެމްޑީޕީ ކައުންސިލުން މި ދަނޑު ނޭޅުމަށްޓަކައި ނުވަތަ އެޅިޔަ ނުދޭން ކުރާ މަސައްކަތަށް ކިހިނެއްތޯ ތިބޭފުޅުން ޢަމަލު ކުރައްވާނީ - އިއްބެގެ ސުވާލުގައި ވިދާޅުވިއެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ފުޓްސަލް ދަނޑު އަޅަން ކުރިން ހަމަޖެއްސި ބިމުގައި އެކަން ކުރުމަކީ މިހާރުވެސް އެ މަސައްކަތް އަވަސްވާނެ ކަމެއް ކަމަށާއި، ބިމުގެ ލޮކޭޝަން ބަދަލު ކުރުމުގެ ސަބަބުން އެތައް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ދަނޑު އެޅުމަށް ބިން ދައްކާފައި އޮއްވާ ކައުންސިލުން އެހެން ސަރަހައްދަކަށް ދަނޑު ބަދަލުކުރަން ބޭނުންވި ކަމަށާއި، ކޮންޓްރެކްޓަރ އަށް އެ މަސައްކަތް ކުރިއަށް ނުގެންދެވިފައިވަނީ އެ ދަނޑުގެ ލޮކޭޝަން އެހެން ތަނަކަށް ބަދަލުކުރަން ނިންމާފައިވާތީ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

16 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

19 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

21 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

22 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

23 ގަޑިއިރު ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy