—-
ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ބޭރުގެ އެއްވެސް އިންވެސްޓްމަންޓެއް ގެނެވިފައިނުވާ ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ހުށަހަޅުއްވާފައިވާ، ފޮރިން އިންވެސްޓްމަންޓްގެ ބިލަށް ބަހުސް ކުރައްވަމުން ޒަރީރު ވިދާޅުވީ، މިފަދަ ބިލެއް ހުށަހެޅުއްވުމުގެ މައިގަނޑު މަޤްސަދުގެ ތެރޭގައި ރާއްޖޭގައި ބޭރުގެ އިންވެސްޓުމެންޓުތައް ހިމާޔަތް ކުރުމާއި އެތެރޭގެ އިންވެސްޓުމެންޓުތައް ހިމާޔަތްކުރުން ހިމެނޭ ކަމަށެވެ.
މި ޤައުމުގައި ހިނގަމުންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކެޕިޓަލް އިންވެސްޓްމަންޓް ހޯދުމުގެ ދަތިކަން. ފައިސާ ބޭންކް ތަކުގައި ބެހެއްޓޭނެ ނިޒާމު އެބަ ޖެހޭ ހަމަޖެހެން. އަދި އެ ފަރާތްތަކަށް މިހާރަށްވުރެ ރަނގަޅު ރޭޓެއްގައި ލޯނު ދެވޭނެ ގޮތްތަކެއް އެބަ ޖެހޭ ހަމަޖެހިގެންދާން - ޒަރީރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޒަރީރު ވިދާޅުވީ، ނިމިދިޔަ 5 އަހަރު މި ޤައުމަށް އައި އެއްވެސް ފޮރިން އިންވެސްޓްމަންޓެއް ނެތް ކަމަށާއި، ސަރުކާރު ތަކުން ޢަމަލުކޮށްފައިވާ ގޮތުން ރާއްޖެއަށް ލިބެން ޖެހޭ ނަފާވެރިކަން ލިބިފައިނުވާ ކަމަށެވެ.
މި ޤައުމަކީ ވިޔަފާރި ކުރަން ފަސޭހަ ތަނެއް. ވިޔަފާރިއަށް ފަހި ތަނެއް، އެހެންކަމުން މިކަމާ ގުޅޭ ޤާނޫނެއް އޮތުމަކީ ވަރަށް މުޙިއްމު ކަމެއް - ޒަރީރު ވިދާޅުވިއެވެ.
ބޭރު ގައުމުތަކުން ރާއްޖެއަށް ލިބުނު ބޮޑެތި އިންވެސްޓުމެންޓުތަކަށް ކުރީ ސަރުކާރުން ގަސްތުގައި ފުރައްސާރަކޮށް އެ އިންވެސްޓުމެންޓުތައް ރާއްޖެ އަޔަނުދިން ކަމަށްވެސް ބައެއް މެމްބަރުން މިއަދުގެ ޖަލްސާފައި ވަނީ ފާހަގަ ކުރައްވާފައެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ކޮމެންޓް