މުސްތޮ މިސާލު ނެންގެވީ މާޒީން، ނަތީޖާއަކީ މާލެއަށް ނޭވާ ލެވެންވެސް ނެތުން!

މުސްތޮ މިއަދުގެ ޖަލްސާގައި

މާލެ ތޮއްޖެހިއްޖެ ކަމަށާއި، ރައްޔިތުންނަށް ނޭވާލެވެންވެސް ނެތް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުޞްތަފާ އިބްރާޙިމް (އިމްނާ މުސްތޮ) ވިދާޅުވެއްޖެއެވެ.

މުސްތޮ މިހެން ވިދާޅުވީ، ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާ ގުޅޭގޮތުން މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެ ތަރައްޤީ ކުރުމުގެ ވިސްނުމެއް އެންމެ ފުރަތަމަ އަޅުގަނޑުމެން ތެރެއަށް އައީ އެންމެ ފުރަތަމަ ޖުމްހޫރިއްޔާގައި، އެއީ ސުންމުވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާ ހިސާބުން. އެއީ ތަރައްޤީގެ ޕްލޭނެއް ކުރެވިގެން ދިވެހިރާއްޖޭގައި ވެރިކަމެއް ހިންގަން ފެށުނު ހިސާބު. އެއާ ގުޅިގެން އައި ދެވަނަ ވެރިކަމަކީ މާ ބޮޑު ޕްލޭނެއް ނެތި ދިޔަ ވެރިކަމެއް. ތިން ވަނަ ވެރިކަމާ ހަމައަށް ދިޔައިރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ތަރައްޤީގެ 8 ޕްލޭނެއް ލިޔެވިގެން ތަސައްވަރެއް އޮވެގެން ކުރިއަށް ދިޔަތަން. އޭގެ ފަހުން އަނެއްކާވެސް އަޅުގަނޑުމެންނަޑށް ފެނިގެން ދިޔައީ މިފަދަ އެއްވެސް ޕްލޭނެއް ނެތި ކުރިއަށް ދިޔަ ތަން. ނަތީޖާއަކަށްވެގެން ދިޔައީ އަޅުގަނޑުމެންގެ މާލެ މި އޮއް ޙާލަތަށް މާލެ ދިޔުން. ތޮއްޖެހިފައިވާ މާލެއަށް ރައްޔިތުން ނޭވާލާނެ ގޮތެއްވެސް ނެތް. - މުސްތޮ ވިދާޅުވިއެވެ.

މީގެ އިތުރުން މުސްތޮ ވިދާޅުވީ، ނިމިގެން މިދިޔަ ސަރުކާރުންވެސް ފެނިގެން ދިޔައީ ޤާނޫނެއް ނެތި ނަމަވެސް، ވަކި ގޮތަކަށް ތަރައްޤީ ކުރެވެމުން އައި ބިންތައް އުޞޫލުތަކާ ޚިލާފަށް ބަހާލިތަން ކަމަށާއި، ޤާނޫނާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މުސްތޮ ފާހަގަ ކުރެއްވީ ކުރީ ސަރުކާރުން ގުޅީފަޅުން ގޯތި ދޫކޮށްފައިވާ ގޮތެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ އިން ހިލޭ ދޫކުރި ގޯތިތަކުގެ ސަބަބުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބުނު މާލީ ގެއްލުން ބެލުމަށް ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީންވެސް ވަނީ ނިންމާފައެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ އޮޑިޓް ހެދުމަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲއެވެ. އެ ހުށަހެޅުން ފާސްވެފައިވަނީ ކޮމިޓީ ބައްދަލުވުމުގައި އެ ވަގުތު ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ހަމަދު ހުށަހެޅުއްވި މައްސަލައިގައި ވަނީ މާޗް 2019 އިން ފެށިގެން ނޮވެމްބަރު 17، 2023 ގެ ނިޔަލަށް ހިންގި ގޯއްޗާ ގުޅޭ މުއާމަލާތައް ބެލުމަށް އެސްޑީއެފްސީގެ ހާއްސަ އޮޑިޓެއް ހެދުމަށެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން ދިން ގޯތިތަކާ ގުޅިގެން އެޗްޑީސީ އަށް އެއްވެސް ބަދަލެއް ދޭން ޖެހޭތޯ ބެލުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ހަމަދު ވިދާޅުވި ގޮތުގައި މިކަމަކީ އެއްވެސް މީހެއްގެ އަތުން ގޯތި އަތުލުމަށް ކުރާ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

16 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

19 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

21 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

22 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

23 ގަޑިއިރު ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy