މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު
ސިންގަޕޫރާ އެއްވަރަށް ރާއްޖެ ކުރި ނޭރީ ރަނގަޅު ޕްލޭނެއް ނެތި ކަންކަން ކުރުމުން ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޒަރީރު މިހެން ވިދާޅުވީ، ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާ ގުޅޭގޮތުން މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖެ މިނިވަންވީ 1965 ގައި. ސިންގަޕޫރުވެސް މިނިވަންވީ ހަމަ ދާދި އެއް ދުވަސްވަރެއްގައި. ހަޤީޤަތުގައި އޭރު ސިންގަޕޫރު އޮތީ ރާއްޖެއަށްވުރެ މާ ފަހަތުގައި. ސުވާލަކީ ކީއްވެގެންތޯއޭ މިއަދު ސިންގަޕޫރު ދުނިޔޭގެ އެންމެ މުއްސަނދި 7 ޤައުމު ތެރޭގައި މި ހިމެނެނީ. ޖީޑީޕީ ދުނިޔޭގެ އެއްވަނަ ދެވަނައިގައި އެ އޮތީ. އަޅުގަނޑުމެން މި ނަލަ ޤައުމަށް މިވީ ކިހިނެއްބާ؟ - ޒަރީރު ވިދާޅުވިއެވެ.
އިތުރަށް ޒަރީރު ވިދާޅުވީ، އޭރު ސިންގަޕޫރަކީ ވަރަށް އެކަހެރި ޤައުމެއް ކަމަށާއި، އޭރު ސިންގަޕޫރުގައި ހުރި ވަޞީލަތްތަކަށްވުރެ ފެންވަރު ރަނގަޅު ވަޞީލަތްތައް ރާއްޖޭގައި ހުރި ކަމަށެވެ. ނަމަވެސް ޕްލޭނެއް ނެތި ކުރިއަށް ދިއުމުގެ ނަތީޖާ އަކީ މިއަދު ރާއްޖެއަށް އެ ކާމިޔާބީ ޙާޞިލް ކުރެވިފައިނުވުން ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
ރޯ މެޓީރިއަލްސް ބޭރުން ގެނެސްފައި އެއަނެއްކާ އެސެމްބަލް ކޮށްފައި، އަނެއްކާ އެކިއެކި މެނުފެންޗަރިންގ ފެކްޓްރީތައް ހަދާފަ އެ އެއްޗެހި ރީ އެކްސްޕޯޓް ކުރީ. ފުރަތަމަ ފަށައިގަތުމަށް ހުރިހާ އެއްޗެއް ގެނައީ ބޭރުން. އެއީ ސިންގަޕޫރުން ޢަމަލު ކުރި ގޮތަކީ - ޒަރީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޒަރީރު ވިދާޅުވީ، ޒަމާނުންސުރެ ގެންގުޅޭ ބޯދާ ޚިޔާލު ދޫކޮށްލަން ޖެހޭ ކަމަށާއި، މި ޤައުމަށް އެކަނިމާ އެކަނި ތަރައްޤީ ނުވެވޭނެ ކަމަށެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ކޮމެންޓް