މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު
ބިމަކީ ކޮންމެ ޤައުމެއްގައިވެސް އެންމެ ބޮޑު ރައުސްމާލު ކަމަށާއި، އެންމެ އަގު ބޮޑު ސަރަހައްދުތަކުން ހިލޭ ބިން ދޫކުރުމަކީ އެއްވެސް ޤައުމެއްގައި ކުރާ ކަމެއް ނޫން ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޒަރީރު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބިލަށް އަޅުގަނޑުމެން ވާހަކަދައްކާއިރު އަޅުގަނޑު ހިތަށް މި އަރަނީ އެންމެ ޕްރައިމް ލޮކޭޝަން. އެންމެ އަގުބޮޑު ސަރަހައްދު. 124 ބިލިއަނުން ޤައުމު ދަރާފަ އޮތް އިރުގައި އެ އެސެޓްތައް ހިލޭ، ޤައުމުގެ އެންމެ ބޮޑު ރައުސްމާލު ކަމުގައިވާ އެންމެ ޕަސަންޓެއް މި ޤައުމުގެ ބިމުގެ ގޮތުގައި ކަނޑައެޅިފައިމިވާ ޖަޒީރާ ވަންތަ ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު ސަރަހައްދު ހަމަ ހިލޭ އެސެޓްތައް 2000 އަކަފޫޓުން 3000 އަކަފޫޓުން އެއް އާއިލާއަކަށް އެބަ އޮތް 11 ގޯތިވެސް ދީފަ - ޒަރީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޒަރީރު ވިދާޅުވީ، ނުހިއްކާ ސަރަހައްދުތަކުގައިވެސް ހުރީ މިން އަޅާފައިކަމަށާއި، މާލެ ސަރަހައްދު ވަށައިގެންވާ ކަނޑުފަޅުން ގިރިތަކުންވެސް ވަނީ ގޯތި ދީފައި ކަމަށް ޒަރީރު ވިދާޅުވިއެވެ.
މި ޤައުމުގައި މީހުން ދިރިއުޅެން ފެށިފަހުން އެތައް ހާސް އަހަރެއްވެފައިވާ ކަމަށާއި، އެ ޤައުމެއްގެ ކެޕިޓަލް ސިޓީ ވަށައިގެންވާ ސަރަހައްދުން ހިލޭ ބިން ދޫކުރުމަކީ ދުނިޔޭގެ އެއްވެސް ޤައުމަކުން ކޮށްފައިވާ ކަމެއް ނޫންކަންވެސް ޒަރީރު ފާހަގަ ކުރެއްވިއެވެ.
ރައްޔިތުންނަށް އަސާސީ ކަންކަން ކޮށްދިނުމަކީ އެ ޤައުމެއްގެ ސަރުކާރެއްގެ މަސްޢޫލިއްޔަތެއް ކަމަށާއި، އެއްވެސް ޕްލޭނެއް ނެތި ކަންކަން ކުރުމަށް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތަށް ހުރަސް އެޅޭ ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ކޮމެންޓް