ސާޔާގެ ޕްރިމިއާރ ނައިޓްގައި މުސްތޮ
ދިވެހި ފިލްމު “ސާޔާ” ރޭ ޕްރިމިއަރ ކޮށްފައިވާއިރު މި ފިލްމުގެ އެންމެ ބޮޑު ޝަރަފެއް ލިބިފައިވަނީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ އިބްރާހިމް (މުސްތޮ) އަށެވެ.
ޔޫސުފް ޝަފީޢު (ޔޫއްޕެ) ޑައިރެކްޓްކޮށް، އިސްމާޢިލް ޝަފީޤު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ މި އަހަރު އޮލިމްޕަސްގައި އެޅުވި އެންމެ މޮޅު ފިލްމެވެ.
ފިލްމު ޕްރިމިއަރ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުސްތޮ ވިދާޅުވީ އާބާތުރަ ފިލުވަން ޖެހިފައިވާ އޮލިމްޕަސް ޒަމާނީ ފެންވަރަކަށް ގެންނާނީ މި ސަރުކާރުން ކަމަށާއި ފޭސް 2 ގައި ބައިނަލްއަޤުވާމީ ފެންވަރުގެ ސިމަނާއެއް އެޅުމަކީ މި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ.
“އޮލިމްޕަސް ނޫން އެހެން އިތުރު ސިނަމާތަކެއްގައި ދިވެހި ފަންނާނުންގެ އުފެއްދުންތެރި ފިލްމުތަކެއް ދެއްކޭނެ - މުސްތޮ ވިދާޅުވިއެވެ.
މިއީ މިހާތަނަށް ޔޫއްޕެ އަދި ލިޔެފައި ނުވާފަދަ ސްކްރީންޕްލޭ އަކަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. ދިވެހި ސިނަމާތަކަށް ވެސް މިއީ އާ ބާވަތެއްގެ ވާހަކަ އެކެވެ. ލޯބްތާއި ރުޅިވެރިކަމާއި ނަފްރަތާއި ބިރުވެރިކަމާއި ނަމާންކަމާއި ހިތާމައާ ހިތްދަތިކަމުގެ އިހުސާސު ކުރުވާނެ ފިލްމެކެވެ. މުޅި ފިލްމު ޝޫޓްކޮށްފައި ވަނީ އައުޓް ޑޯ ގަ އެވެ. ހާއްސަކޮށް ވަލުތެރޭގަ އެވެ. ބޯ ގަސްތަކުގެ ތެރޭގައި ގިނަ މަންޒަރުތައް ނަގާފައި ވަނީ ވެސް ރޭގަނޑުގެ ކަނު އަނދިރީގެ ތެރޭގަ އެވެ.
މޫސުން ގޯސްވެ ޝޫޓިން ކުރިއަށް ނުގެންދެވި ތިން ފަހަރެއްގެ މަތީން ރ. މާކުރަތަށް ގޮސް ފިލްމުގެ މަންޒަރުތައް ނަގަން ޖެހުނެވެ. އެ ނޫން ވެސް ވަރަށް ގިނަ ގޮންޖެހުންތަކާ އެކު ފިލްމުގެ މަސައްކަތް ޔޫއްޕެ ނިންމާލީ އޭނާ ބޭނުންވި ފެންވަރަށެވެ.
"ސާޔާ" އަކީ އޮލިމްޕަހުގައި މިހާތަނަށް އެޅުވި އެންމެ މޮޅު އުފެއްދުމޭ ބުނުމުގެ ޖާގަ ވެސް އެބަ އޮތެވެ. ވަރަށް ގިނަ ސަބަބުތައް ހުރުމާ އެކު މިއީ ކޮންމެ މީހަކު ވެސް ބަލާލަން ރަނގަޅު ފިލްމެއް ކަމުގައި ބުނާން ޖެހެ އެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ކޮމެންޓް