12 އަހަރުވީ އިރުވެސް އިންޝިއުރެންސްއާ ގުޅޭ ސާފު ޤާނޫނެއް ނެތްކަމީ ހިތާމައެއް - އިއްބެ

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ޙުސައިން

12 އަހަރުވީ އިރުވެސް އިންޝިއުރެންސްއާ ގުޅޭ ސާފު ޤާނޫނެއް ނެތް ކަމަށާއި، ޤައުމުތައް ތަރައްޤީވެގެން އަންނައިރު އިންޝިއުރެންސްއާ ގުޅޭ ޤާނޫނެއް އޮތުމަކީ މުޙިއްމު ކަމެއް ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ޙުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.

އިއްބެ މިހެން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންޝުއަރެންސްއާ ގުޅޭ ސާފު ޤާނޫނެއް މިއަދާހަމައަށް އައިއިރުވެސް ނެތްކަން އަޅުގަނޑު ފާހަގަކޮށްލަން. އެގޮތުން ބަލާއިރު، މީގެ 12 އަހަރު ކުރިން އިޖްތިމާޢީ، ޞިއްޙީ އިންޝިއުރެންސް ޤައުމީ ނިޒާމުގެ ޤާނޫނެއް އޮތްއިރު، މި ބުނެވުނު ޤާނޫނުގެ ތެރޭގައި ކަށަވަރުނުވާ ގިނަ ކަންތައްތަކެއް ހުރިކަން އަޅުގަނޑު ފާހަގަ ކުރަން. އެކަންކަން އިސްލާޙުކުރުމުގެ ނަމުގައި 18 އޯގަސްޓް 2019 ގައި އެކި ނަންނަމުގައި 3 އިސްލާޙެއް ބުނެވިދިޔަ ޤާނޫނަށް ހުށަހެޅިފައިވާކަން ފާހަގަކޮށްލަން - މިއަދުގެ ޖަލްސާގައި އިއްބެ ވިދާޅުވިއެވެ.

eLSBN08jeh0yAbMdRCz6KuP4wMNzYSFc6mzC0OTG.jpg

މީގެ އިތުރުން އިއްބެ ވިދާޅުވީ، 12 އަހަރު ތެރޭގައި މި ދެންނެވުނު ޤާނޫނު ތަރައްޤީވެގެން އައިސްފައިނުވާކަމާށާއި، ރާއްޖެ ތަރައްޤީވެގެން ދާއިރު އިންޝިއުރެންސް ޤާނޫނަށް އިސްލާޙު ނުގެނެވި މިހާ ގިނަ ދުވަސްތަކެއްވެފައިވާކަމީ ކަންބޮޑުވާކަމެއްކަމަށެވެ.

މީގެ އިތުރުން، އިންޝިއުރެންސް ކުންފުނިތަކަކީ ވަރަށް ބޮޑު ފައިދާއެއް އުފައްދަމުން އަންނަ ކުންފުނިތަކެއްކަން ފާހަގަކޮށް އިއްބެ ވިދާޅުވީ އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

16 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

19 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

21 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

22 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

23 ގަޑިއިރު ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy