މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް
ރާއްޖޭގައި މިހާރު އޮތް ފަރުވާގެ ނިޒާމު ފުރިހަމަ ނޫން ކަމަށާއި، މަސްތުގެ ވަބާއިން ނިކުންނަން ބޭނުންވާ ޒުވާނުންނަށް ފަހި ގޮތްތަކެއް އޮންނަން ޖެހޭ ކަމަށް މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
ހުސްނީ މިހެން ވިދާޅުވީ، “އަސްލު ޓީވީ”ގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މުޖުތަމަޢު ހެޔޮގޮތުގައި ބިނާ ކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޙުސްނީ ވިދާޅުވީ، މަސްތުވެ ވަބާއިން ނިކުންނަން ބޭނުންވާ ގިނަ އަދަދެއްގެ ޒުވާނުން އެބަ ތިބި ކަމަށެވެ.
އަޅުގަނޑާ ވަރަށް ގިނަ ކުދިން ގުޅާފަވެސް އެބަ ބުނޭ އެމްޕީ ތިމަންނާ ބޭނުންވޭ މުޖުމަތަމަޢު ތެރޭގައި ހުންނަން. ތިމަންނާ އެބަ ބޭނުންވޭ އިސްލާޙުވާން. ތިމަންނައަށް ފަރުވާ އެބަ ބޭނުންވެޔޭ. އެކަމަކު ރަނގަޅު އުޞޫލެެއް ނެތޭ. ފަރުވާގެ ފުރުޞަތު ލިބޭނީ ކޮން ދުވަހަކުންތޯ؟ - ޙުސްނީ ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޙުސްނީ ވިދާޅުވީ، ފަރުވާގެ ފުރުޞަތުތައް ހަރުދަނާވާން ޖެހޭ ކަމަށާއި، އެންޑީއޭއިން މިހާރު ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފަރުވާގެ އެކި ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށްވެސް ޙުސްނީ ވިދާޅުވިއެވެ.
“އަޅުގަނޑު ހަދާންވާ ގޮތުން މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަކީ 2011 ވަނަ އަހަރުގެ ޤާނޫނެއް. އެ ޤާނޫނުގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައި މަސްތުވާތަކެތީގެ ބާވަތްތަކެއް ބަޔާންކޮށްފައި އެބަ ހުރި. އެ ޤާނޫނުގައި ނެތް ބާވަތެއް ވެއްޖެއްޔާމު ޤާނޫނީ ގޮތުން އުނދަގޫތަކެއް އެެބަ ކުރިމަތިވޭ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޤާނޫނަށް އިސްލާޙު ގެނެސްގެން މި ކަންކަން ހަރުދަނާ ކުރަން އެބަ ޖެހޭ - ޙުސްނީ ވިދާޅުވިއެވެ.
ޤާނޫނީ ދާއިރާގައި މެދުނުކެނޑި 13 އަހަރު މަސައްކަތް ކުރައްވާފައިވާ ޙުސްނީ ގެންދަވަނީ ރައްޔިތުންގެ މަޖިލިސްތެރެއިން ޤާނޫނުތަކަށް ގެންނަންޖެހޭ މިފަދަ އިސްލާޙުތަކާ ގުޅޭގޮތުން ވަކާލާތު ކުރައްވަމުންނެވެ. “ވާނުވާ” އަށް ހައްލު ގެނައުމާއި، ކަފާލާތުގެ އުޞޫލުތައް ހަރުދަނާ ކުރުމުގެ ގޮތުން ޖިނާޢީ އިޖުރާޢަތަށް ގެންނަން ޖެހޭ އިސްލާޙުތައްވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ޙުސްނީއެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ކޮމެންޓް