ބިދޭސީން ރާއްޖޭގައި މުޒާހަރާ ކުރުން ގިނަވާތީ މެމްބަރު ޙުސްނީގެ ހުށަހެޅުމެއް!

މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ

ބޭރު ޤައުމެއްގެ މީހެއް ކަމުގައިވިޔަސް ދިވެއްސެއްވިޔަސް ޤާނޫނު އަސާސީން ލިއްބައިދޭ އިޙްތިޖާޖު ކުރުމުގެ ހައްޤު އޭގެ އެންމެ ފުޅާ ދާއިރާގައި ލިބޭނެ ކަމަށާއި، ނަމަވެސް ހުދޫދުން ބޭރުން އެކަން ކުރަން ފުރުޞަތު ދެވިގެން ނުވާނެ ކަމަށް މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

ޙުސްނީ މިފަދައިން ވިދާޅުވީ އިއްޔެގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވާ ހުސްނީ ވިދާޅުވީ، ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ވަރަށް ރަނގަޅަށް ރެގިއުލޭޓުކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ހުސްނީ ވަނީ ތިނަދޫގައި ބިދޭސީން ކުރި މުޒާހަރާ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.

މި ފާހަގަކުރަނީ ދާދި ފަހުން ފެނިގެން ގޮސްފި ބިދޭސީ މަސައްކަތު މީހުން އެމީހުން ނިސްބަތްވާ ގައުމުގެ ދާޚިލީ ކަމަކާ ގުޅޭގޮތުން ރާއްޖޭގަ މުޒާހަރާކުރެވިގެން ދިޔަތަން. އަޅުގަނޑު ގަބޫލުކުރަނީ ގާނޫނުއަސާސީން ލިބިދޭ ހައްގަކަށް ވާތީ އެމީހުންނަށް ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖަށް ފުރުސަތުދެވޭނެ. އެހެންނަމަވެސް ވަކި ހުދޫދެއްގެ ތެރޭގަ އެކަން އޮންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު

ހުސްނީ ވިދާޅުވީ ބިދޭސީން ވެސް މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި، ލިބިދޭންޖެހޭ ހައްގުތަކެއް ނުދޭކަމަށް ވާނަމަ އެކަންކަމުގެ މައްޗަށް ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރުން ގާނޫނުއަސާސީގެ ދަށުން ކަށަވަރުކޮށްދޭ ކަމަށެވެ. އެހެންނަމަވެސް އެ މީހުންގެ ގައުމުގައި ހިނގަމުންދާ ދާޚިލީ ކަމަކާ ގުޅޭގޮތުން ރާއްޖޭގައި މުޒާހަރާކޮށް އިހުތިޖާޖުކޮށް، އެކަންކަން އެގޮތަށް ކުރުމުގެ ފުރުސަތު ދެވިގެންވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާހަށް ބަހުސް ކުރައްވަމުން ގިނަ މެންބަރުން ވިދާޅުވީ، ރާއްޖެއަށް ބިދޭސީން ގެނައުމަށް ފަހު އެ މީހުން އުޅޭ ނޫޅޭގޮތް ބެލުމެއް ނެތި ހިތަށް އެރި އުސޫލަކުން ދޫކޮށްލާކަމީ ހަގީގަތެއް ކަމަށެވެ. އަދި އެ ބިދޭސީން ނަތީޖާއެއްގެ ގޮތުން އެކި ރަށްތަކުން ދަތުރުކޮށް، މާލޭގެ ސަރަހައްދުގައި އެކި މަސައްކަތްތައް ކުރަމުން ގެންދާކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތަށް އުޅޭ ބިދޭސީންގެ ކަންކަން ރެގިއުލޭޓު ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތަށް ލިބެން ޖެހޭ ޓެކްސްތަކައި ފީތައް ނުލިބޭކަމަށްެވެސް މެމްބަރުން ފާހަގަ ކުރެއްވިއެވެ.

އަދި ބިދޭސީއަކު ކުންފުންޏަށް ފިލައިގެންދާ ހާލަތެއްގައި، އެ މައްސަލައެއް ހުށަހެޅުމުން ވެސް އޭނާ ހޯދުމަށް ފޮޓޯއެއް އާންމު ކުރުމުން ފިޔަވައި ކަމާއިބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަންވެސް ފާހަގަކޮށްފައިވެެެއެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

17 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

19 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

22 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

22 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy