ބިދޭސީން ގެނެސް ހިތުހުރިހާ ގޮތަކަށް އުޅެން ދޫކޮށްލީ - އިއްބެ

އިއްބެ

ކުންފުނިތަކުން ބިދޭސީންތައް ގެނައުމަށް ފަހު އެމީހުން ހިތުހުރިހާ ގޮތަކަށް އުޅެން ދޫކޮށްލީ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެ އެވެ.

ބިދޭސީންގެ ތެރޭގައި، އެނބުރި ގައުމަށްދާން ބޭނުންވެ ކާކުކަން އަންގައިދޭ އެއްވެސް ލިޔެކިއުމެއް ނެތުމުގެ ސަބަބުން ފުރައިގެން ދެވެން ނެތް އެތައް ބަޔަކު އެބަތިބިކަމަށް އިބްރާހިމް ވިދާޅުވި އެވެ. އެހެންކަމުން އުސޫލާއި އެއްގޮތަށް، ރާއްޖޭގައި އުޅެ ފީތައް ދެއްކުމުން އެއްވެސް އުނދަގުލެއް ނެތި މަސައްކަތް ކުރެވޭނެކަން ބިދޭސީންނަށް ބުނެދީ އަންގަން ޖެހޭކަމަށް ވެސް އިއްބެ ވަނީ ވިދާޅުވެފަ އެވެ.

މިއަދު މަޖިލީހުގައި ކުރިޔަށް ދިޔައީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭ ގޮތުން ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅާފައިވާ ބިލުގެ ބަހުސްއެވެ.

ބިލުގައިވާ ގޮތުން އެ މާއްދާގެ ދަށުން ބަލައި ފާސްކުރުމެއް ހިންގަންވާނީ އެ ސައިޓަކީ ގަވާއިދާ ޚިލާފަށް ބިދޭސީން މަސައްކަތް ކުރާ ކަމަށް ބެލެވޭވަރަށް އެކަށީގެންވާ ސަބަބުތައް ހުންނަ ހާލަތްތަކުގައެވެ. އޭގެ އިތުރުން ގަވާއިދުގައިވާ ކަމާގުޅޭ އިޖުރާއަތުތައް ވެސް ފުރިހަމަ ކުރުމަށްފަހުގައި ކަމަށް ބިލުގައި ފާހަގަކުރެއެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

16 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

19 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

21 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

22 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

23 ގަޑިއިރު ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy