ބިދޭންސީންގެ މައްސަލަ ހައްލު ކުރެވޭނީ ފިޔަވަޅުތައް ހަރުދަނާ ކޮށްގެން، ކައުންސިލްތަކުގެ ދަޢުރު ބޮޑު - ޙުސްނީ

މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މިއަދުގެ ޖަލްސާގައި

މި ޤައުމުގައި އޮތް ބިދޭސީންގެ މައްސަލަތައް ހައްލު ކުރެވޭނީ ޤާނޫނީ ގޮތުން އަަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކޮށްގެން ކަމަށާއި މި މަސައްކަތުގައި ކައުންސިލްތަކުގެ އުފުލަން ޖެހޭ ޒިންމާތައް ބޮޑު ކަމަށް މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭ ގޮތުން ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު (ޑޭވިޑް) އެވެ.

މި އިސްލާހުގައި ބުނީ ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރަނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ތޯ ނުވަތަ އެފަދަ ބިދޭސީން ވަޒީފާ އަދާކުރަނީ ހުއްދަ ކޮށްފައިވާ ވަޒީފާގައިތޯ ބަލައި ފިޔަވަޅު އެޅުމަށްޓަކައި ގާނޫނާ ޚިލާފަށް މަސައްކަތް ކުރާ ކަމަށް ބެލެވޭ ސައިޓުތައް ފާސްކުރެވިދާނެ ކަމަށެވެ.

މި އިސްލާހަށް ބަހުސް ކުރުމަށް ލިބުނު ފުރުޞަތުގައި ޙުޞްނީ ވިދާޅުވީ ކޮންމެ ރަށަކަށް އެތެރެވާ ބިދޭސީންގެ މައުލޫމާތު ކައުންސިލްތަކުން ނަގަން ޖެހޭ ކަމަށާއި ލާމަރުކަޒީ ޤާނޫނުންވެސް އެކަން މަތިކޮށްފައިވާ ކަމަށެވެ.

މި ބިލްގެ ކޮމެޓީ މަރުޙަލާގައި މި ބިލަށް އިތުރު އިސްލާހުތައް ގެންނަން އެބަހުރި. އަޅަން ޖެހޭ ފިޔަވަޅުތައް އަދިވެސް ހަރުދަނާ ކުރަންވީ. ޖޫރިމަނާކުރުން އޮތް ނަމަވެސް އެކަން ތަންފީޒެއް ނުވޭ - ޙުސްނީ ވިދާޅުވިއެވެ.

އިސްލާހަށް ބަހުސް ކުރައްވަމުން ގިނަ މެންބަރުން ވިދާޅުވީ، ރާއްޖެއަށް ބިދޭސީން ގެނައުމަށް ފަހު އެ މީހުން އުޅޭ ނޫޅޭގޮތް ބެލުމެއް ނެތި ހިތަށް އެރި އުސޫލަކުން ދޫކޮށްލާކަމީ ހަގީގަތެއް ކަމަށެވެ. އަދި އެ ބިދޭސީން ނަތީޖާއެއްގެ ގޮތުން އެކި ރަށްތަކުން ދަތުރުކޮށް، މާލޭގެ ސަރަހައްދުގައި އެކި މަސައްކަތްތައް ކުރަމުން ގެންދާކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތަށް އުޅޭ ބިދޭސީންގެ ކަންކަން ރެގިއުލޭޓު ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތަށް ލިބެން ޖެހޭ ޓެކްސްތަކައި ފީތައް ނުލިބޭކަމަށްެވެސް މެމްބަރުން ފާހަގަ ކުރެއްވިއެވެ.

އަދި ބިދޭސީއަކު ކުންފުންޏަށް ފިލައިގެންދާ ހާލަތެއްގައި، އެ މައްސަލައެއް ހުށަހެޅުމުން ވެސް އޭނާ ހޯދުމަށް ފޮޓޯއެއް އާންމު ކުރުމުން ފިޔަވައި ކަމާއިބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަންވެސް ފާހަގަކޮށްފައިވެެެއެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

17 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

20 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

22 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

23 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy