ވާނުވާއަށް ހައްލު ގެންނާނީ މި ސަރުކާރުން - އިއްބެ

އިބްރާހިމް ޙުސައިން

ވާނުވާއަށް ހައްލު ގެންނާނީ މި ސަރުކާރުން ކަމަށާއި ޤާނޫނޫ ތަކަށް އިސްލާހު ގެނެސްގެން ނަމަވެސް އެކަން ހައްލު ކުރައްވާނެ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ޙުސައިން ވިދާޅުވެއްޖެއެވެ.

އިއްބެ މިފަދައިން ވިދާޅުވީ އަސްލު ޓީވީން ރޭ ގެނެސްދިން ދިވެހީންގެ ރާއްޖެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“ކޮބައިތޯ ވާނުވާގައި ތިބި މީހުންގެ ހައްޤުތައް. ކިތައް ޚަރަދުތޯ ދަޢުލަތުގެ ބަޖެޓުން ބޭކާރުވެގެން އެ ދަނީ.. 27000 ރުފިޔާ ކޮންމެ ދުވަހަކު ވާނުވާގަ ޖަލުގަ ބަންދުކުރެވިފައިވާ މީހުނަށް އެބަ ޚަރަދު ކުރޭ. އެ ފައިސާ ކީއްްތޯވާނީ ކިޔަވާ ކުދިންނަށް ޚަރަދު ކުރިއްޔާ - އިއްބެ ވިދާޅުވިއެވެ.

ކަފާލާތުގެ އުސޫލުތަކާއި ހެއްކާގުޅޭ ހަރުދަނާ އިސްލާހުތަކެއް ހިމެނޭހެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އަދި މިހާރު އެ ބިލް އޮތީ ކޮމެޓީ މަރުޙަލާގައެވެ.

ކަފާލާތުގެ އުސޫލުތަކާއި ބަންދާމެދު ގޮތް ނިންމުމުގެ ކަންކަމަށް އިސްލާހުތަކެއް ހިމެނޭހެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލް ސްޕޮންސާ ކުރެއްވީ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާ ޤާނޫނު ވަކީލް ހުސްނީ މުބާރަކެވެ.


އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމުގެ ގާނޫނަކާއި، ނުހައްގުން ޖަލުގައި ބަންދުކުރާ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ދެވޭނެ ގާނޫނެއް އެކުލަވާލުމުކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކަފާލާތަކީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެއް ކަމަށާއި، ކުށުގެ ތުހުމަތުކުރެވޭ މަރުހަލާ އާއި، އިސްތިއުނާފު މަރުހަލާގައި ކަފާލާތު ލިބުމަކީ ހައްގެއް ކަމަށާއި، އެއީ ދުނިޔޭގެ ޑިމޮކްރެޓިކް ގައުމުތަކުގައިވެސް އަމަލުކުރާ އުސޫލުކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

16 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

19 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

21 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

22 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

23 ގަޑިއިރު ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy