އައްޑޫ ކަރަންޓް މައްސަލައިގެ ޒިންމާ އޭސީސީންވެސް ނަގަން ޖެހޭނެ - އިއްބެ

އިބްރާޙިމް ޙުސައިން

އައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރާނީ މި ސަރުކާރުން ކަމަށާއި، މި ޤައުމު މި ޙާލަތަށް ވައްޓާލީ ނިމިދިޔަ ސަރުކާރު ހިންގަން ތިބި މީހުން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ޙުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.

އިއްބެ މިހެން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ދިމޭވެގެން މިއުޅޭ މައްސަލަ ދިމާވެގެން މިއުޅެނީ ސާރވިސް ކުރުމަކީ ކޮބައިކަން ނޭނގި ކުރީ ސަރުކާރުން އެކަން ކޮށްފައިވާތީ ދިމާވެގެން އުޅޭ މައްސަލައެއް. އައްޑޫއަށް ދިމާވެގެން އުޅޭ މައްސަލައިގެ ޒިންމާ މިއަދު ނަންގަވަންޖެހޭނެ އެސީސީއިންވެސް. އޭރު އެންޓިކޮރަޕްޝަން ކޮމިޝަން ކޮބައިތޯ؟ 4.3 ބިލިއަން ރުފިޔާއިން ދަރުވާލާފަ ހަމަ ހިތުހުރިހާ ގޮތަކަށް އުޅެމުން ދިޔައިރު ކުންފުނިތައް ޒިންމާދާރު ކުރަން ތިބި މުއައްސަސާތައް ކޮބައިތޯއޭ.. - އިއްބެ ސުވާލު އުފެއްދެވިއެވެ.

އިތުރަށް އިއްބެ ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި އެއްވެސް އިންޖީނުގެއެއްގެ އެއްވެސް އިންޖީނެއް ސާރވިސް ކޮށްފައެއް ނެތް ކަމަށާއި، އެކަމުގެ ސަބަބުން ހުރިހާ އިންޖީނުތަކެއް ހަލާކުވެފައިވާ ކަމަށެވެ.

ހިތަދޫގައި ކަރަންޓް ދިނުމަށް ބޭނުން ކުރާ މައި އެޗް.ވީ ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އެކަން ހައްލު ކުރެވެންދެން ދޭތެރެ ދޭތެރެއިން އެއް ގަޑިއިރުގެ ވަގުތަކަށް ހިތަދޫގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ވަނީ ނިންމާފައެވެ.

ފެނަކަ ހިތަދޫ ބްރާންޗުން ބުނީ، އެޗް.ވީ ކޭބަލަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓް ކެނޑެން މެދުވެރި ނަމަވެސް އެ މައްސަލަ ހައްލު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މައްސަލަ ހައްލު ކުރަމުން އަންނަ ވަގުތު ހިތަދޫގެ 14 ސަރަހައްދަކުން އެކި ވަގުތު ކަރަންޓް ކެނޑޭނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

އެގޮތުން ކެނޑޭނެ ކަމަށް ބުނެފައިވަނީ މެނަންގެ ސަރަހައްދު، ނިއުސީޒަން ސަރަހައްދު، ބީ.އޭޕީ.ސީ ސަރަހައްދު، ފެނަކަ ހިތަދޫ އޮފީސް ސަރަހައްދު، މެދުވަލު ސްކޫލް ސަރަހައްދު، ކުރީގެ ކައްޓި ސަރަހައްދު، ކެމްޕަސް 1 ސަރަހައްދު، ކައުންސިލް އިދާރާ ސަރަހައްދު، ވެމްކޯ ހިތަދޫ އޮފީސް ސަރަހައްދު، އިންސިނެރޭޓަރ ސަރަހައްދު، އޭ.އީ.އެޗް ސަރަހައްދު، އާގަލާ އެގްރޯ ސަރަހައްދު، ހިތަދޫ ފްލެޓް ސަރަހައްދުގެ އިތުރުން ނޭޗަރު ޕާކު ސަރަހައްދެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

16 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

19 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

21 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

22 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

23 ގަޑިއިރު ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy