100 ފޫޓުގެ ދޯންޏެއްގައި 250 ގެ އިންޖީނެއް އަޅައިގެން ނުދުއްވޭނެ - ޒަރީރު

މަތިވެރި ދާއިރާގެ މެމްބަރު ޒަރީރު

އައްޑޫގެ ކަރަންޓްގެ މައްސަލަ އަކީ ކެޕޭސިޓީ ނެތިގެން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށާއި، ކުރީ ސަރުކާރުން އެންމެ ބޮޑަށް އިހުމާލުވެފައިވާ އަތޮޅަކީ އެއީ ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޒަރީރު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

100 ފޫޓުގެ ދޯންޏެއްގައި 250 ހޯސް ޕަވަރުގެ އިންޖީނެއް އަޅައިގެން އެ ދުއްވޭނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. 4000 ބަސްތާ އެބަ އަރުވާ. ދެން އެފަދަ ޙާލަތެއްގައި އެ އިންޖީނުގައި އެ ދޯނި ދުއްވަން ހެދީމަ އެ ދޯނި ހުއްޓޭނީ. ހަޤީޤަތަކީ ޢިއްޒަތްތެރި ރައީސް، އައްޑޫއަށް ދިމާވެގެން މި އުޅެނީ އެކަހަލަ މައްސަލައެއް. އައްޑޫއަށް ދިމާވެގެން މިއުޅޭ މައްސަލަ އަކީ ބޭނުންވާ ވަރަށް ކަރަންޓުގެ ކެޕޭސިޓީ ނެތުން. - ޒަރީރު ވިދާޅުވިއެވެ.

ޒަރީރު އިތުރަށް ވިދާޅުވީ ނިމިދިޔަ 5 އަހަރު އެންމެ ބޮޑު އިޙުމާލެއް ވެފައި އޮތް އަތޮޅަކީ އައްޑޫ އަތޮޅު ކަމަށެވެ.

އެކަމަކު މިތާ ތިބީ ހުސް އައްޑު އަތޮޅު މެމްބަރުން. ރައީސް ކަމަށްވެސް އޭގެ ބޭފުޅެއް. ނައިބަކަށްވެސް އޭގެ ބޭފުޅެއް. މުޅި ސަރުކާރުގައި ތިބީ އެބޭފުޅުން - ޒަރީރު ވިދާޅުވިއެވެ.

ހިތަދޫގައި ކަރަންޓް ދިނުމަށް ބޭނުން ކުރާ މައި އެޗް.ވީ ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އެކަން ހައްލު ކުރެވެންދެން ދޭތެރެ ދޭތެރެއިން އެއް ގަޑިއިރުގެ ވަގުތަކަށް ހިތަދޫގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ވަނީ ނިންމާފައެވެ.

ފެނަކަ ހިތަދޫ ބްރާންޗުން ބުނީ، އެޗް.ވީ ކޭބަލަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓް ކެނޑެން މެދުވެރި ނަމަވެސް އެ މައްސަލަ ހައްލު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މައްސަލަ ހައްލު ކުރަމުން އަންނަ ވަގުތު ހިތަދޫގެ 14 ސަރަހައްދަކުން އެކި ވަގުތު ކަރަންޓް ކެނޑޭނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

އެގޮތުން ކެނޑޭނެ ކަމަށް ބުނެފައިވަނީ މެނަންގެ ސަރަހައްދު، ނިއުސީޒަން ސަރަހައްދު، ބީ.އޭޕީ.ސީ ސަރަހައްދު، ފެނަކަ ހިތަދޫ އޮފީސް ސަރަހައްދު، މެދުވަލު ސްކޫލް ސަރަހައްދު، ކުރީގެ ކައްޓި ސަރަހައްދު، ކެމްޕަސް 1 ސަރަހައްދު، ކައުންސިލް އިދާރާ ސަރަހައްދު، ވެމްކޯ ހިތަދޫ އޮފީސް ސަރަހައްދު، އިންސިނެރޭޓަރ ސަރަހައްދު، އޭ.އީ.އެޗް ސަރަހައްދު، އާގަލާ އެގްރޯ ސަރަހައްދު، ހިތަދޫ ފްލެޓް ސަރަހައްދުގެ އިތުރުން ނޭޗަރު ޕާކު ސަރަހައްދެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

17 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

20 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

21 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

22 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

23 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy