ފާޑުކިޔުން ހުއްޓާލާފަ ރައީސްގެ ވަޢުދާ އެއްގޮތަށް ފުރިހަމަ ނުވެ އޮތްކަމެއްގެ ވާހަކަ ވިދާޅުވޭ - މުސްތޮ

މުސްތޮ

ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުން އެކަން ކުރަނީ ވަރަށް ޖެނެރަލްކޮށް ކަމަށާއި އެކަން ހުއްޓާލުމަށްފަހު ސަރުކާރަށް ނުވެ އޮތް ކަމެއްގެ ވާހަކަ ވިދާޅުވުމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

މުސްތޮ މިހެން ވިދާޅުވީ ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މުސްތޮ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވަޢުދެއް ކަަމަށާއި އޭގެ ސަބަބުން އެތައް ޚަރަދެެއް ކުޑަވެގެންދާނެ ކަމަށެވެ.

މި ފައިސާ އިން އެހެން ކަންކަން ކުރެވޭނެ. އެތައް ޚަރަދުތަކެއް ސަލާމަތް ކުރެވޭނެ - މުސްތޮ ވިދާޅުވިއެވެ.

ޔޫރަފް ކޮލިޓީގެ ބޭސް ދެމެހެއްޓެނެވި ގޮތެއްގައި ދިވެހިންނަށް ލިބޭނެ "ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ސިޔާސަތު" އެންސްޕާއިން ތަންފީޒުކުރަން ވަނީ ފަށާފައެވެ.

ރާއްޖޭން ދިވެހިންނަށް ބޭނުންވާ އަސާސީ ހުރިހާ ބޭހެއް ނުލިބެއެވެ. ބައެއް ފަހަރު ކައިރި ގައުމުތަކުން ބޭސް ލިބެނީ ބަލި މީހާގެ ހާލަތު ބޮޑުވާ ފަހުންނެވެ. ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަނަށް އެމްއެފްޑީއޭ އިން ކަށަވަރު ކުރި ނަމަވެސް "އެފިކަސް" އަދި މުހިންމުވާ ހުރިހާ ކަމެއް ކަށަވަރެއް ނުކުރެވެއެވެ.

އޭގެ އިތުރުން ބޭސް ގަންނަނީ ތިންވަނަ ފަރާތެއްގެ އަތުންނެވެ. އަދި ބޭހުގެ ވިޔަފާރީގެ ބޮޑުބަޔަކީ އަމިއްލަ ކުންފުނިތަކެކެވެ. އެ ކުންފުނިތަކުން ބޮޑު ފައިދާއެއް ނަގައެވެ.

ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތައް ގުޅިގެން މިއަދު ނެރުނު ބާޔާނެއްގައި ބުނީ، ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ރައްުޔިތުންނަށް ކަށަވަރު ކޮށްދިނުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ.

އެގޮތުން ސަރުކާރުން ޔޫ.އެން.ޑީ.ޕީ އާއި ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް، ޕޫލް ޕްރޮކިއުމެންޓެއްގެ ތެރެއިން، ބަލްކް ޕްރޮކިޔޮކޮށް ރާއްޖެ ގެނައުމަށް ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން އަސާސީ ހުރިހާ ބޭހެއް ރާއްޖޭން ލިބެން ހުންނާނެކަން ކަށަވަރު ކުރެވޭނެ ކަމަށާއި އެ ޕްރޮޖެކްޓުގެ ދަށުން ގެނެވޭ ބޭސްތަކަކީ ސީދާ ބޭސް އުފައްދާ ކުންފުނިން ގަނެ، ބޭސް އުފެއްދުމާ ހަމައިން ފެށިގެން ބަލި މީހާއާއި ހަމައަށް ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ބޭސް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

17 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

19 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

22 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

22 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy