މުޙައްމަދު މުސްތަފާ އިބްރާހިމް
އައްޑޫގެ މަގުތަކުން ކަރަންޓް ކެނޑުމަކީ މި ސަރުކާރުގެ އިހުމާލުން ދިމާވާ މައްސަލައެއް ނޫން ކަމަށާއި، އެ މައްސަލަ އަކީ އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ދިމާވާ މައްސަލައެއް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުޞްތަފާ އިބްރާހިމް (އިމްނާ މުސްތޮ) ވިދާޅުވެއްޖެއެވެ.
“ އަޅުގަނޑު ބަލާލިއިރުގައި މި ވާގޮތަކީ އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ތެރެއިން ސަޕްލައި ކެނޑެނީ. އެންމެ ފަހުން ކެނޑުނު ސަޕްލައި ރޭގެ ވަގުތެއްގައި މި ރަނގަޅު ކުރީ. އައްޑޫ މަގުތައް ހަދާ ކުންފުނި އެފްކޮންސް ގެ މީހުންގެ ޖެއްސުމެއް ނޫންބާއޭވެސް ބައެއް ފަހަރަށް އެބަ ހީވޭ” މުސްތޮ ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މުސްތޮ އިތުރަށް ވިދާޅުވީ ކެޕޭސިޓީ އިތުރު ކުރުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށާއި، މި ސަރުކާރުން އައްޑޫގެ ކަރަންޓުގެ މައްސަަލައަށް ހާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރާ ކަމަށެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުސްތޮ ވިދާޅުވީ 4.3 ބިލިއަން ރުފިޔާއިން ފެނަކަ ދަރުވާލާފައި އޮތްކަން ކުރީ ސަރުކާރަށްވެސް އެނގޭ ކަމަށާއި ނަމަވެސް އެ މައްސަލަ ބަލަން ބޭނުން ނުވީ ކަމަށެވެ. އަދި ކަރަންޓްގެ ޔަޤީންކަން ހޯދައިދޭނީ މި ސަރުކާރުން ކަމަށްވެސް މުސްތޮ ވިދާޅުވިއެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ކޮމެންޓް