މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު
އެމްއެމްއޭގެ ގަވަރަނަރު ޢަލީ ހާޝިމަށް ތިން ދުވަސް މަތިން ހާޟިރުވާން އެންގުމުންވެސް ހާޟިރުވެފައިނުވާ ކަމަށާއި ރާއްޖޭގެ މާލީ ނިޒާމު ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުން ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ޒަރީރު މިހެން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދޯނީގެ އިންޖީނު ހަލާކުވީމަ ޖެހޭނީ އިންޖިއަރަކު ލައްވާ އިންޖީނު ހަދަން. އޮޑި ފަޅުގައި ބާއްވައިގެން ނުތިބެވޭނެ. - ޒަރީރު ވިދާޅުވިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގަވަރުނަރު އަލީ ހާޝިމް މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި ގުޅޭ މައްސަލަ މާލިއްޔަތު ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުން ގިނަ މެމްބަރުން ވިދާޅުވީ، އެމްއެމްއޭގެ ގަވަރުނަރު ހާޒިރުނުވީ މާލިއްޔަތު ކޮމިޓީއަށް އެކަނި ނޫން ކަމަށާއި އެމްއެމްއޭއަށް ވެސް ގަވަރުނަރު ހާޒިރު ނުވާ ކަމަށެވެ.
އެގޮތުން ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން 4 ބިލިޔަން ރުފިޔާގެ ޚަރަދަށް ޒިންމާވާ ޤާނޫނު ސަސްޕެންޑުކޮށް ހުއްދަދިނީ، ކޮވިޑުގެ ދުވަސްވަރު ހާލަތަށް ވިސްނާފައި ކަމަށާއި އެ ފައިސާގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ގެންނަން ޖެހޭނެ ކަމަށް އޭރު ވެސް ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ފައިސާގެ ތަފްސީލު ކުރީ ސަރުކާރުން ނުދޭ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އޭގެ ބަދަލުގައި އެފައިސާ 50 އަހަރުން ދައްކާގޮތަށް ލޯނަކަށް ކުރީ ސަރުކާރުން ބަދަލުކުރި ކަމަށް ވަނީ ވިދާޅުވެފައެވެ. އެކަމުގެ ޒިންމާ ވެސް އުފުލަން ޖެހޭނީ ގަވަރުނަރު ކަމަށް މެމްބަރު ވިދާޅުވިއެވެ.
"މި ގައުމުގެ އިޤްތިސާދު މިހިސާބަށް ގެންދިޔުމުގައި މިއަދުގެ އެމްއެމްއޭގެ ގަވަރުނަރު ޒިންމާ އުފުލަންޖެހޭނޭ." ޝުޖާއު ވިދާޅުވިއެވެ.
ހަމައެއާއެކު ކުރީ ސަރުކާރަށް ގަވަރުނަރު ލަފާ އެރުވިކަމަށް މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު ފޮނުއްވި ސިޓީފުޅުގައި ބަޔާންކޮށްފައިވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ކޮމެންޓް