—
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހަރ އެކްސެލެންސީ ވަންގް ލީޒިންގް، މަނަދޫ ދާއިރާގައި ހިމެނޭ 3 ރަށަށް ވަޑައިގެންފިއެވެ.
ސަފީރުގެ މި ދަތުރުފުޅުގައި މަނަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްއުޞްތާޛު ޙުސްނީ މުބާރިކް އާއި ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް އަފޫ ޙާމިދު ބައިވެރިވެވަޑައިގެންނެވިއެވެ.
މަނަދޫ ދާއިރާގައި ހިމެނޭ މަނަދޫ، މާފަރު، ލަންދޫ މި 3 ރަށަށް ޗައިނާ ސަފީރު ކުރެއްވި މި ދަތުރުފުޅުގައި އެ ތިން ރަށުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކޮށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން މަނަދޫގައި ހުންނަ ނ.އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އެތަނުގެ ޙާލަތު ވަރަށް ގާތުން ބައްލަވާލެއްވިއެވެ.
“ސަފީރުގެ މި ދަތުރު ފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް. ކައުންސިލްތަކާ އެކު ރަނގަޅު ގުޅުމެއް އުފެެއްދުމަށް މިއީ ލިބުނު ވަރަށް ބޮޑު ފުރުޞަތެއް. 3 ރަށުގެ ކައުންސިލްގެ ފަރާތުން ލިބިލެއްވި އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން” ދާއިރާގެ މެމްބަރު ޙުސްނީ ވިދާޅުވިއެވެ.
ޗައިނާ ސަފީރުގެ މި ދަތުރުފުޅުގެ ސަބަބުން ކައިރި މުސްތަޤުބަލެއްގައި އެކަމުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ދާއިރާގެ ތިން ރަށުގެ ރައްޔިތުން އުއްމީދު ކުރެއެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ކޮމެންޓް