8 ލައްކައަށް ލިބޭ ޖެންސެޓް ގަތީ 3.5 މިލިއަން ރުފިޔާއަށް - ޒަރީރު

މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު

އެމްޑީޕީ ސަރުކާރުގައި ފެނަކައަށް ހަދާލި ގޮތް ހުރިހާ ރައްޔިތުންނަށްވެސް ސާފުވާ ކަމަށާއި، އެގޮތުން 8 ލައްކަ އަށް ލިބޭ ޖެން ސެޓް ގަތީ 3.5 މިލިއަން ރުފިޔާއަށް ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޙަސަން ޒަރީރު މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިހަ ހާސް ރުފިޔާއަށް ލިބޭ ފިލްޓަރެއް ހިފައިގެން އައްޑޫއަށް ދާ ދޯނީގެ އަގަކީ 6 ލައްކަ ރުފިޔާ. ސުބުހާނަﷲ. ދެން ކީކޭތޯ އަޅުގަނޑު ބުނާނީ. މިއީ އެމްޑީޕީ ސަރުކާރުން މިކަން ކޮށްފައި އޮތް ގޮތް. - ޒަރީރު ވިދާޅުވިއެވެ.

އިތުރަށް ޒަރީރު ވިދާޅުވީ، ކަރަންޓްގެ ޚިދުމަތް ފަދަ އަސާސީ ޚިދުމަތެއް ފޯރުކޮށްދޭ ކުންފުންޏަކުން މި ފަދައިން ކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި ސަރުކާރުން މި ކަންކަން ހަމައަކަށް އަޅުވާނެ ކަމަށެވެ.

ފެނަކައިގެ އެމްޑީ ވިދާޅުވި، ނުފެށޭ ޕްރޮޖެކްޓްތަކަށްވެސް މީހުން ނަގާފަ ތިބި ވާހަކަ. ކޮންމެ މަހަކު މިލިއަނެއް މިލިއަނެއް ޚަރަދުވެގެން އެ ދަނީ. އެނގޭތީ މި ވާހަކަ މި ދައްކަނީ، ޒަރީރު ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުން ފެނަކަ އޮތީ ދަރުވާލާފައި. ކުރީ ސަރުކާރުން އެންމެ ބޮޑު ޚިޔާނާތެއް ހިންގާފައިވާ ތަނަކީ ފެނަކަ. 4.3 ބިލިއަން ރުފިޔާގެ ދަރަނި ހަމައެކަނި ފެނަކައިގައި އޮތް. ނަމަވެސް މިއަދު އެކަން ބަލާލީމަ އެ އަދަދު އެތައް ގުނައަކަށް ބޮޑު އެބަ ވޭ. ރައްޔިތުން އެބަ އާދޭ މިއީ ތިމަންނަ ކޮށްފައިވާ މަސައްކަތްތަކޭ. ނަމަވެސް އެ ލިޔުންތައް ނެތް ރެކޯޑު ކުރެވިފައެއް. ވޭތުވެދިޔަ ތިން އަހަރު ކޮށްފައި ހުރި މަސައްކަތްތައް މިއީ. ނަމަވެސް ފެނަކައިގެ އެއްވެސް ފޮތެއްގައި ނެތް އެ ވާހަކަތައް ދައްކާފައެއް. - މުޢާޒް ދާދި ފަހުން ވަނީ ވިދާޅުވިއެވެ.

މީގެ އިތުރަށް މުޢާޒް ވިދާޅުވީ، މި އޭޓީއެމް އަޅަން ހަވާލުކޮށްފައިވަނީ 295،000 ރުފިޔާއަށް ކަމަށާއި، އެވަރުގެ ތަނެއް ހަދަން އޭރުގެ ރޭޓުން ބަލާއިރު 8 ލައްކަ ރުފިޔާ ޚަރަދުވާ ކަމަށެވެ.

އެ މަސައްކަތް ކުރަން އޮތީ ސޮއިކޮށްފައި ކަމަށާއި، މިއިން ކޮންމެ ޕްރޮޖެކްޓަކަށް 4 ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް މުޢާޒް މިރޭ ވިދާޅުވިއެވެ.

 ފެނަކައިގެ ބިން ތަނުގައި އޭޓީއެމްތައް އަޅަމުން ދިޔައީ. އެ ބިންތަކުގައި އޭޓީއެމް އަޅާ އެތަނުގައި ސެކިއުރިޓީ ގާރޑެއް ބަހައްޓާ މުވައްޒަފަށް މުސާރަ ދީ އެ ހުރިހާ ކަމެއްވެސް ކުރަން ޖެހެނީ ފެނަކައިން. ފެނަކަ ކިހާ މުއްސަނދި ވީމަތޯ މިކަން ކުރަން ހަވާލުވާނީ. އެމްޑީޕީން ފެނަކަ މެދުވެރިކޮށް ހިންގި ޖަރީމާތައް އެ ހުރީ ފެންނަން. ވަރަށް ސާފުކޮށް އެބަ އެނގޭ ޚިޔާނާތް ވެފައި ހުރި ގޮތާއި، ޚިޔާނާތުގެ ފައިސާ ދިޔަ ގޮތްތައް އެބަ އެނގޭ - މުޢާޒް ވިދާޅުވިއެވެ.

ކޮމެންޓް

team

މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

17 ގަޑިއިރު ކުރިން
team

ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ

20 ގަޑިއިރު ކުރިން
team

މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި

20 ގަޑިއިރު ކުރިން
team

ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް

22 ގަޑިއިރު ކުރިން
team

"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!

23 ގަޑިއިރު ކުރިން
team

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

1 ދުވަސް ކުރިން
team

އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި

1 ދުވަސް ކުރިން
team

ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ދުވަސް ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy